މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ ފަރާތުން ތަރައްޤީ ކުރަމުންދާ "އިންޓަރގްރޭޓަޑް ރިސޯޓް އައިލެންޑް" ލ. ބަރެސްދޫ، 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ކޯޕަރޭޝަނަށް (ހ.ވެލާނާގެ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

27 މާރިޗު 2016 (އާދީއްތަ)

10:00

އަންދާސީހިސާބު ހުށަހެޅުން

31 މާރިޗު 2016 (ބުރާސްފަތި)

10:00

12 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016
ހޯދާ