މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ ހެޑް އޮފީހަށް، ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ޑްރައިވަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރަ:

މަހަކު -/5،680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި

 

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ވެހިކަލަށް ގެއްލުން ނުވާނެގޮތެއްގެމަތިން ފަރުވާތެރިކަމާއެކު، މަގުމަތީގެ ގަވާއިދާ އެއްގޮތަށް ވެހިކަލްތައް ދުއްވުން.

- ކުންފުނީން ވިއްކާ ތަކެތި ޑެލިވަރީކުރުން.

- ކުންފުނީގެ ލޭބަރުންނާއި، މަސައްކަތްކުރާ އާލާތްތައް، މަސައްކަތު ސައިޓްތަކަށް ގެންގޮސް ގެނެސްދީހެދުން.

- ކުންފުނީގެ ތަފާތު ކަންކަމުގައި ވެހިކަލް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ކަނޑައެޅޭ ވެހިކަލެއް އޮޕަރޭޓްކުރުން.

- ވެހިކަލްތައް މަރާމާތުކުރުމުގައި އެހީތެރިވުން.

- ވޯރކްޝޮޕް މީހުންނާ ގުޅިގެން ވެހިކަލްތައް ދޮވެ ސާފުކުރުން.

 

 

ފެންވަރު ނުވަތަ ޝަރުޠު:

- އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ C1 / C2 އާއި، CO ކެޓެގަރީގައި ހިމެނޭ ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން.

- ވެހިކަލް ދުއްވުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފޯރކްލިފްޓް، ވީލް ލޯޑަރސް، ޓެލެހެންޑަލާރސް، ސްކިޑް ސްޓިއަރ ލޯރޑަރސް ފަދަ ހެވީ އިކްޕްމަންޓް ދުއްވުން/ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމް:

ވެލްޑަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5،680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ސައިޓުގައި ކުރަންޖެހޭ ދަގަނޑު ކެފުމާއި ވެލްޑިންގގެ މަސައްކަތް ކުރުން.

- ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ތެރެއިން ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަނާ ގުޅުންހުރި މަސައްކަތްތައް ކުރުން.

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

- އެޑްވާންސް ސެޓުފިކެޓު އިން ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން ނުވަތަ ދާއިރާއާ ގުޅޭގޮތުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން.

- ދަގަނޑު ކެނޑުމާއި، ވެލްޑިންގ ކުރުމުގެ މަސައްކަތްގެ ތަޖުރިބާ ލިބިފައިވުން.

- ރާއްޖެތެރޭގެ އެކި ސައިޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކުކަމުގައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.

މަޤާމް:

ހައިޑްރޯލިކް މެކޭނިކް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5680 ރުފިޔާއާއި -/6880 ރުފިޔާއާ ދެމެދުގެ އަދަދެއް

ލިވިންގ އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

ހެޑްއޮފީހާއި ޕްރޮޖެކްޓް ސައިޓްތަކުގައި  ބޭނުންކުރާ ވެހިކަލްތަކާއި އިކުއިޕްމަންޓް/ މެޝިނަރީތަކުގެ ހައޑްރޯލިކް މަސައްކަތް ކުރުމާއި، އެ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

- މަސައްކަތާ ގުޅުންހުރި ދައިރާއަކުން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ / އެޑްވާންސްޑް ސެޓުފިކެޓް އިން ހައިޑްރޯލިކް އިންޖިނިއަރިންގ ހާސިލުކޮށްފައިވުމާއި، މަސައްކަތުގެ ދައިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކުކަމުގައިވުން.

- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތެއް ކަމުގައިވުން.

- އޮޓޯމޮބައިލް އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ މީހަކުކަމުގައިވުން.

މަޤާމް:

އޮޓޯމޮބައިލް މެކޭނިކް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5680 ރުފިޔާއާއި -/6880 ރުފިޔާއާ ދެމެދުގެ އަދަދެއް

ލިވިންގ އެލަވަންސް:

މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

ހެޑްއޮފީހާއި ޕްރޮޖެކްޓް ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލްތަކުގެ މެކޭނިކަލް މަސައްކަތް ކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުން.

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

- މަސައްކަތާ ގުޅުންހުރި ދައިރާއަކުން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ / އެޑްވާންސްޑް ސެޓުފިކެޓް އިން އޮޓޯމޮބައިލް އިންޖިނިއަރިންގ ހާސިލުކޮށްފައިވުމާއި، މަސައްކަތުގެ ދައިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކުކަމުގައިވުން.

- ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތެއްކަމުގައިވުން.

- އޮޓޯމޮބައިލް އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ މީހަކުކަމުގައިވުން.

މަޤާމް:

ކާޕެންޓަރ (ވަޑި)

ބޭނުންވާ އަދަދު:

2 (ދޭއް)

މުސާރަ:

މަހަކު -/5680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/2000 (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- އޮފީހަށް ބޭނުންވާ ވަޑާމުގެ މަސައްކަތްތައް ކުރުން.

- އޮފީހުގައި ކުރަންޖެހޭ އެކިއެކި މަރާމާތުގެ ކަންތައްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:

- ކާޕެންޓްރީ އެންޑް ވުޑް ކާރވިން ކޯހުގެ ސެޓްފިކެޓް ލެވެލް 3 ހާސިލުކޮށްފައިވުމާއި، މަސައްކަތާ ގުޅުންހުރި ދައިރާއަކުން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކުކަމުގައިވުން.

- އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކުކަމުގައިވުން.

މަޤާމް:

ލޭބަރ (ދިވެހިން)

ބޭނުންވާ އަދަދު:

100 (ސަތޭކަ)

މުސާރަ:

މަހަކު -/4080 ރުފިޔާ (ހަތަރުހާސް އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/2000 (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި

 

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ޕްރޮޖެކްޓް ސައިޓުގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތަށް ކުރުން.

- މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން.

- ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވައި ބޭލުން.

- މަސައްކަތްކުރާ ސަރަޙައްދު (ގޯތިތެރެއާއެކު) ސާފުކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަނުން ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

- ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކުކަމުގައިވުން.

- އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކުކަމުގައިވުން.

ސުންގަޑިއާއި، ހުށަހަޅަންޖެހޭ ލިޔުންތައް:

މި ވަޒީފާތަކަށް އެދޭ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ ވަޒީފާއަށް ވަނުމަށް އެދޭ ފޯމާއެކު، މީހާގެ ވަނަވަރާއި، އައިޑީ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯއާއި، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުމާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީއާއެކު، ގުޅޭނެ ފޯނު ނަންބަރު އެނގޭގޮތަށް، 2016 މާރިޗު 27 ވާ އާދީއްތަދުވަހުގެ 15:00 ގެ ކުރިން، މި ކޯޕަރޭޝަނުގެ ހެޑް އޮފީހަށް ފޮނުވުން އެދެމެވެ.

އިންޓަވިއު:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްދުވަސް ވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚްލާޤަށާއި، ފެންވަރަށް ބަލާފައި ވަޒީފާ ދާއިމީކުރެވޭނެއެވެ.

7 ޖުމާދަލްއާޚިރާ 1437

16 މާރިޗު 2016
ހޯދާ