އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ނަޒާހަތްތެރިކަމުގެ ޤައުމީ ފޯވަހި ބާއްވަން ހަމަޖެހިފައިވަނީ ޏ.ފުވައްމުލަކުގައެވެ. މިކަމާ ގުޅިގެން ބާއްވާ ޙަރާކާތްތަކުގައި ކެއުމާއި ސަޔާއި ރިފްރެޝްމެންޓް އެރަށުގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ފޯވަހި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް 16 އިން 23 އަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ނުވަތަ ޏ.ފުވައްމުލަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށަށް ނުވަތަ ޏ.ފުވައްމުލަކު ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

12 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016
ހޯދާ