ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުރަށްރަށް ކުއްޔަށް ދިނުމާގުޅޭ

އިޢުލާން

ފަޅުރަށްރަށް ކުއްޔަށް ދިނުމާގުޅޭ

މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ތިރީގައި މިދަންނަވާ ފަޅުރަށް އެރަށަށް ކަނޑައެޅިފައިވާ ހަމަވަރުވާއަށްވުރެ ކުޑަ ނުވާ ވަރުވާއަކަށް ވަގުތީގޮތުން ބެލެހެއްޓުން ހަވާލުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

#

ރަށް

މަޢުލޫމާތު ސާފުކުރުން

އަގު ހުށަހެޅުއްވުން

ތާރީޚު

ގަޑި

ތާރީޚު

ގަޑި

1

މުންޏަފުށި

23 މާރިޗު 2016

13:00

30 މާރިޗު 2016

13:00

ވީމާ، މުންޏަފުށި ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ނުވަތަ އެރަށެއްގެ ރަށުކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެރަށަކަށް ކަނޑައެޅިފައިވާ ހަމަވަރުވާއަށްވުރެ ކުޑަ ނުވާ ވަރުވާއަކަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

04 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016
ހޯދާ