މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

ސްޓެޓިސްޓިކަލް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުން:

މަޤާމް:

ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/6،295 ރުފިޔާ 

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ 

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ % 35

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން:

މާލެ / މޯލްޑިވްސް އެނަރޖީ އޮތޯރިޓީ/ ޕްލޭނިންގ އެންޑް މާކެޓް ޑިވެލޮޕްމަންޓް ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

  1. ބިޒްނަސް، އިންޖިނިއަރިންގ ނުވަތަ ހިސާބު ޢިލްމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ބިޒްނަސް، އިންޖިނިއަރިންގ ނުވަތަ ހިސާބު ޢިލްމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ބިޒްނަސް، އިންޖިނިއަރިންގ ނުވަތަ ހިސާބު ޢިލްމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. ބިޒްނަސް، އިންޖިނިއަރިންގ ނުވަތަ ހިސާބު ޢިލްމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހަކަތައިގެ ދާއިރާގެ ގަވާއިދު ހިންގުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، ބެލެހެއްޓުމާއި، ދިރާސާކުރުން.
  2. ހަކަތައާބެހޭ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި ދިރާސާކުރުން.
  3. ހަކަތައިގެ ދާއިރާގެ ތަފާސްހިސާބުގެ މައްޗަށް ބިނާކޮށް، އެކިއެކި ރިޕޯޓުތައް އެކުލަވައިލުން.
  4. މި ނޫނަސް އޮފީހުން ރާވައި ހިންގާ ދާއިރާގެ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. މައިކްރޯސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ، ދާއިރާއާ ގުޅޭ އިތުރު ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.
  2. ދިވެހި ބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ބަންދު ނޫން ކޮންމެ ދުވަހަކު، މި އޮތޯރިޓީގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ. 

9. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:

2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް.

އިންޓަވިއުއާއި، ޕްރެކްޓިކަލް:

- އިންޓަވިއުއާއި ޕްރެކްޓިކަލް، 3 އެޕްރީލް 2016 އާއި 3 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައި މި އޮތޯރިޓީގައި އޮންނާނެއެވެ.

- ދިވެހިބަހާއި، އިނގިރޭސިބަހުން ތަރުޖަމާކުރުމަށްޓަކައި ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮތޯރިޓީގެ 3019100 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

8 ޖުމާދަލްއާޚިރާ 1436

17 މާރިޗު 2016
ހޯދާ