ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމް (ވަގުތީ)، މަސައްކަތު (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:    

މަޤާމް:

އިމާމު / މުދިމް (ވަގުތީ)

ބޭނުންވާ އަދަދު:

3 (ތިނެއް)

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަސްޖިދުއް ޞާބިރީން، މަސްޖިދުއް ނޫރު (ވަގުތީ މިސްކިތް)

މުސާރަ:

ވޭޖް އެމްޕްލޯއީމަންޓް އުސޫލުގެ ދަށުން ނެގޭ މުވައްޒަފުންނަށް މުސާރަދެވޭނީ މަސައްކަތްކުރާ ގަޑިއަށެވެ. އިމާމު/މުދިމް މަސައްކަތް ކުރަންޖެހޭނީ، ދުވާލަކު 5 ގަޑިއިރުއެވެ. އެއީ ކޮންމެ ނަމާދުވަގުތަކަށް ތިރީގައިމިވާ ގޮތުގެ މަތީންނެވެ.

ޖީ. އެސް. 1 މުދިމް: 33.77 ރުފިޔާ (ވަގުތަކަށް)

ޖީ. އެސް. 3 އިމާމު: 39.77 ރުފިޔާ (ވަގުތަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

އެއްބަސްވުމުގައިވާގޮތަށް މިސްކިތްތަކުގެ އިމާމުން މުދިމުން ޗުއްޓީގައި ތިބޭދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި ބަންގިދިނުމާއި، އިމާމުވެ ނަމާދުކުރުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން.

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމް

ޖީ.އެސް. 1

އެސިސްޓެންޓް އޮފިސަރ

ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

-/3،565 ރުފިޔާ

-/1،500 ރުފިޔާ

އިމާމު

ޖީ.އެސް. 3

އެސިސްޓެންޓް ޓެކްނިކަލް

އޮފިސަރ

ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/4،465 ރުފިޔާ

-/1،500 ރުފިޔާ

މަޤާމް

މަސައްކަތު (ވަގުތީ)

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަސްޖިދުއް ޞާބިރީން، މަސްޖިދުއް ނޫރު (ވަގުތީމިސްކިތް)

މުސާރަ:

ވޭޖް އެމްޕްލޯއީމަންޓް އުސޫލުގެދަށުން ނެގޭ މުވައްޒަފުންނަށް މުސާރަދެވޭނީ، މަސައްކަތްކުރާ ގަޑިއަށެވެ. މަސައްކަތްކުރާ ގަޑިއއެއްގެއިރަށް 22.29 ރުފިޔާއެވެ.

މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު:

ކޮންމެ ނަމަދުވަގުތަކަށް 30 މިނެޓް ހިމަނައިގެން 6 ގަޑިއިރު މަސައްކަތްކުރާގޮތަށް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

އެއްބަސްވުމުގައިވާގޮތަށް މިސްކިތްތަކުގެ މަސައްކަތުމީހުން ޗުއްޓީގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރުނުވެވޭފަދަ ދުވަސްތަކުގައި، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ދާއިރާގެތެރެއިން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މަސައްކަތު

އެސް.އެސް 1

އެސިސްޓެންޓް އޮފިސަރ

ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

 

-/3،100 ރުފިޔާ

-/1،000 ރުފިޔާ

 

 

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- އިންޓަވިއު ކޮށްގެން.

މި މަޤާމުތަކަށް މީހުންހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ، ތ. މަޑިފުށީ ކައުންސިލްގެ އިދާރާގައެވެ.

- އިންޓަވިއު އޮންނަ ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދާއިރާއާ ގުޅޭ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  5. ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައިވާކަމުގެ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (ކިޔަންއެނގޭ، ސާފު)
  7. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނެއްގެ ތައްގަނޑުޖެހި ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6780034 ނަންބަރު ފޯނާއެވެ.

7 ޖުމާދަލްއާޚިރާ 1437

16 މާރިޗު 2016
ހޯދާ