ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އިމްތިޙާނުކަރުދާސް ތައްޔާރުކޮށްދިނުމަށް

ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާނުކަރުދާސް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އިމްތިޙާނުކަރުދާހާއި އެ ކަރުދާހުގެ އިތުރު ނަމޫނާ ކަރުދާހެއް އަދި މާރކިންގ ސްކީމްތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

އިމްތިޙާނުކަރުދާސް އެކުލެވިގެންވާ ބައިތައް:

  1. ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ބޭނުންވާ ޢާންމު މަޢުލޫމާތު
  2. އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ ލިޔުންތެރިކަމުގެ ހުނަރު
  3. މުޢާމަލާތު ކުރުމުގެ ހުނަރާއި މުއާޞަލާތު ކުރުމުގެ ހުނަރު

ބޭފުޅުން ހޮވުމުގައި މާކްސް ދެވޭނެ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު:  %30
  • އިމްތިހާން ޕޭޕަރު ތައްޔާރުކުރުމުގެ ތަޖުރިބާ: %45
  • އަގު: %25

ވީމާ، މި އިމްތިޙާނުގެ އިމްތިޙާނުކަރުދާސް ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ އަގު ބަޔާންކޮށް ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިކޮމިޝަނަށް ( ވެލާނާގޭގެ 12 ވަނަ ފަންގިފިލާ ) ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މި  އިމްތިޙާނުގެ މުޤައްރަރާއި ނަމޫނާކަރުދާސް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ލިބެން ހުންނާނެއެވެ.

މި ކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ނަންބަރު 3307348/ 3307311 /3309978 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

8 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016
ހޯދާ