ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކުރަން

އަންދާސީހިސާބު ބޭނުންވެއްޖެ

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ހިނގަމުން އަންނަ މ. ޝިޕްޕްލާޒާގައި، މި ކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ތިރީގައިވާ މަސައްކަތްތައް ކުރަން ބޭނުންވެއެވެ.

- ނޮވިލޯން އެޅުން.

- އަސްކަނި ބޮޑުކުރުން.

- ނަންބޯޑު ހެދުމާއި ބަދަލުކުރުން.

- ކުލަލުން.

- ޓައިލްސް ބަދަލުކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ކޮމިޝަނުގެ ޓްރެއިނިންގ އިންސްޓިޓިއުޓް (މާފަންނު ޝިޕްޕްލާޒާގެ 2 ވަނަ ފަންގިފިލާ) މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުން

24 މާރިޗު 2016

ބުރާސްފަތި

14:00

އަންދާސީހިސާބު ހުށަހެޅުން

30 މާރިޗު 2016

ބުދަ

14:00

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

  • އިތުރު މައުލޫމާތު ހޯއްދެވުމަށް
    • ފޯން: 3307314
    • ފެކްސް: 3303648
    • އީމެއިލް: [email protected]
    • ވެބްސައިޓް: www.csc.gov.mv

8 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016
ހޯދާ