ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ހެލްތު އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން: އެކަޑަމިކް

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ފ. އަތޮޅު މަދަރުސާ، ފ. ފީއަލި، ދިވެހިރާއްޖެ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ.

މަޤާމުގެ ޝަރުޠު:

  • ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހެލްތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ބަލިވެގެން ހެލްތު ރޫމަށް އަންނަ ދަރިވަރުންނަށް އެހީތެރިވުމާއި، އެކުދިންގެ މަޢުލޫމާތު ބެލެނިވެރިންނަށް އެންގުމާއި، ގެއަށް ފޮނުވަންޖެހޭ ކުދިންގެ މަޢުލޫމާތު ރިކޯޑުކުރުމަށްފަހު ގެއަށް ފޮނުވުން.

2. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލުތަކުގައި ހިންގަވަން ހަމަޖެހިފައިވާ، ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިންއޭ ދިނުމުގެ ޕްރޮގްރާމް މި ސްކޫލުގައި ހިންގުން.

3. ގްރޭޑް 1 އަށް ވަންނަ ކުދިންނާއި، އަލަށް ސްކޫލަށް ވަންނަ ކުދިންގެ ހެލްތު ރެކޯޑު ބެލެހެއްޓުން.

4. ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ދިނުން.

5. ސްކޫލުގެ ހަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާ ކަމަކުން ހޮސްޕިޓަލަށް ގެންދަންޖެހިއްޖެނަމަ، ސްކޫލުގެ އިދާރާއާ ގުޅިގެން އެކަން ހަމަޖެއްސުން.

6. ސްކޫލުގެ ގޯތިތެރޭގައި މަދިރިފަނި އުފެދިފައި ހުންނަ ތަންތަން ބަލައި ޗެކްކުރުން.

7. ހެލްތު ރޫމަށް ބޭނުންވާ ތަކެތި، ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުމާއި، ހެލްތު ރޫމް ބަލަހައްޓައި އެތަނުން ލިބެންވާ ފަސްޓް އެއިޑް ދަރިވަރުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.

8. ސްކޫލުގައި  ހިންގޭ  ތަފާތު  ހަރަކާތްތަކުގައި  ދަރިވަރުންނަށް  އެހީތެރިވެ،  ފަސްޓް  އެއިޑުގެ  ޚިދުމަތް  ލިބެންޖެހޭ ދަރިވަރުންނަށް އެ ޚިދުމަތްދިނުމާއި، ބޭނުންވާނެ އެހެނިހެން ޞިއްޙީ ފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުން.

9. ސްކޫލުގެ ދަރިވަރުންގެ އެކިއެކި މައިދާނީ ދަތުރުތަކުގައި ކުދިންނާއެކު ރަށްރަށަށް ދިއުން.

10. ފާއިތުވާ އަހަރު ސްކޫލުގައި ހެލްތު ޕްރޮގްރާމް ހިނގިގޮތުގެ ރިޕޯޓު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

11. ޓާމަކު އެއްފަހަރު، ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި، ރިކޯޑްތައް ބެލެހެއްޓުން.

12. ކުރިއަށްއޮތް އަހަރު ސްކޫލް ހެލްތު ޕްރޮގްރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށްފައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

13. ކޮންމެ ދުވަހަކު ސެޝަން ގަޑީގައި މަދުވެގެން ދެފަހަރު ތިރީގައިމިވާ ކަންތައްތައް ކުރުން.

  • ފާޚާނާތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި ފާޚާނާގައި ހުންނަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން.
  • ސްކޫލުގެ އިންޓަރވަލްގަޑި މޮނީޓަރކުރުން.
  • ފެންބޯ އިސްކުރާއި ސަރަހައްދުގެ ސާފުތާހިރުކަން ބެލެހެއްޓުން.

14. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމް:

ކައުންސެލަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

އެކަޑަމިކް

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ފ. އަތޮޅު މަދަރުސާ، ފ. ފީއަލި، ދިވެހިރާއްޖެ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ .

މަޤާމުގެ ޝަރުޠު:

1- ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ކައުންސެލިންގ ދާއިރާއިން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1.  ކައުންސެލިންގ ޕްރޮގްރާމުތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން.

2. ކައުންސެލިންގ  ބޭނުންވާ  ދަރިވަރުން  ފާހަގަކޮށް،  އެ  ދަރިވަރުންނަށް  ކައުންސެލިންގ  ދެވޭނެ  އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގެ ފޮލޯއަޕް ހެދުން.

3. ކައުންސެލިންގ ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް، ދަރިވަރާ ބެހޭގޮތުން މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށް ކައުންސެލިންގ ދޭންޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރުން.

4.  ދަރިވަރުންގެ ނަފްސާނީ މައްސަލަތަކާއި، ޖިސްމާނީ މައްސަލަތަކާއި، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.

5. އަޚުލާޤީ މައްސަލަތައް ދިމާވާ ދަރިވަރުންގެ އެންމެހައި މައްސަލަތައް ޒިންމާދާރުކަމާއެކު ބެލުމާއި، އެ ދަރިވަރުންނަށް ކައުންސެލިންގ ދޭންޖެހިއްޖެ ހާލަތެއްގައި ކައުންސެލިންގދީ، ރިކޯޑްތައް އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.

6. ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުވައިދިނުން.

7. ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި ޙަފުލާތަކަށް، މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން.

8. ހަފުތާގެ މައްސަލަތައް، ހަވާލުވެ ހުންނަވާ ލީޑިންގ ޓީޗަރުންނާ ހިއްސާކުރުން. 

9. ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

10. މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

11. ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މަޤާމް

އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

ކްލެސިފިކޭޝަން:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 3

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

އިދާރީ ސެކްޝަން

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ފ. އަތޮޅު މަދަރުސާ، ފ. ފީއަލި، ދިވެހިރާއްޖެ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ.

މަޤާމުގެ ޝަރުޠު:

1- އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓޭޝަން، މެނޭޖްމަންޓް، ސްކޫލް މެނޭޖްމަންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6  އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓޭޝަން، މެނޭޖްމަންޓް، ސްކޫލް މެނޭޖްމަންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން  ޓެކްނޮލޮޖީ،  ހިއުމަން  ރިސޯސް  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓޭޝަން، މެނޭޖްމަންޓް، ސްކޫލް މެނޭޖްމަންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން  ޓެކްނޮލޮޖީ،  ހިއުމަން  ރިސޯސް  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓޭޝަން، މެނޭޖްމަންޓް، ސްކޫލް މެނޭޖްމަންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން  ޓެކްނޮލޮޖީ،  ހިއުމަން  ރިސޯސް  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5- އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓޭޝަން، މެނޭޖްމަންޓް، ސްކޫލް މެނޭޖްމަންޓް، ކިޔަވައިދިނުމުގެ ދާއިރާ، އިންފޮމޭޝަން  ޓެކްނޮލޮޖީ،  ހިއުމަން  ރިސޯސް  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

2- އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުން.

3- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.

4- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން، ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

5- ކުރިޔަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.

6- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

7- ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

8- ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

9- ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުވުމާއި ބެލެހެއްޓުން.

10- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން.

11- ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

 

 

މި ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް:

މި ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ، ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޝާއިޢުކޮށްފައިވާ  ސިވިލް  ސަރވިސްގެ  ވަޒީފާތަކަށް  މީހުން  ހޮވުމާއި  ޢައްޔަންކުރުމުގެ  މިންގަނޑުތަކާއި  އުޞޫލުތަކަށެވެ. މިގޮތުން، މި ވަޒީފާތަކަށް އެންމެ ޤާބިލުފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން، އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލުފަރާތްކަމުގައި ކަނޑައަޅައިގެންނެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. ލިބިފައިވާ ހުނަރު (އިންޓަރވިއުކޮށްގެން ބަލައި ކަށަވަރުކުރާބައި)

 

 

މަޤާމްތަކަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން:

  • މި މަޤާމްތަކަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 އެޕްރީލް 5 އާއި 7 އާ ދޭތެރޭގައި، މި މަދަރުސާގައެވެ.
  • އިންޓަވިއުއަށް ހާޒިރުވާއިރު، މަޤާމަށް އެދި ހުށައަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2016 މާރިޗު 31 ވާ އަންގާރަދުވަހުގެ 12.00 ގެ ކުރިން، އެޕްލިކޭޝަން ފޯމު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

  1. ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ފެންވަރުގެ ސަނަދުތައް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  4. ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި، ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.
  5. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ކުރިމަތިލާ ފަރާތަކީ، އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށައަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.
  • އެކްރެޑިޓްނުކޮށް ހުންނަ ސެޓްފިކެޓްތަކާއި ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.
  • ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ، އިންޓަވިއު ޕެނަލުން އެ ލިޔުންތަކުގެ އަޞްލު ބަލައި ޗެކްކުރުމަށްފަހު އޮފީހުންނެވެ.
  • މި  އިޢުލާނާ  ގުޅިގެން  އިތުރު  މަޢުލޫމާތު  ސާފުކުރަން  ގުޅާނެ  ނަންބަރަކީ،  7952910  އެވެ.  އީމެއިލް ކުރާނަމަ، މި ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކުރުން އެދެމެވެ.

 6 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ