ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ޤައުމީ ދާރުލްއާސާރުގެ އިމާރާތުގައި މިހާރު ބޭނުންކުރާ ލިފްޓް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ޤައުމީ ދާރުލްއާސާރުގެ އިމާރާތުގައި މިހާރު ބޭނުންކުރާ ލިފްޓު 1 އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު IUL)222-AH/INDV/2016/8)ފ(29 ފެބުރުވަރީ 2016) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އެކަށީގެންވާވަރަށް މީހުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ބުދަ

23 މާރިޗު 2016

11:00

އަންދާސީހިސާބު ހުށަހެޅުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ބުރާސްފަތި

31 މާރިޗު 2016

11:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

‏‏

‏‏‏07‏ ޖުމާދަލްއާޚިރާ 1437

16 މާރިޗު 2016
ހޯދާ