ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ކުޅުދުއްފުށީފިހާރައަށް ގެންދާ މުދާ ބޯޓުން ބޭލުމާއި، ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އެސްޓީއޯ ހދ.ކުޅުދުއްފުށީފިހާރައަށް ބޯޓުތަކުން ގެންދާ މުދާ ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ބިޑް ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަ ނުވުމާ ގުޅިގެން މިކުންފުނީގެ އިޢުލާން: ADM/2016/56 ބާޠިލުކުރަމެވެ. އެސްޓީއޯ ހދ.ކުޅުދުއްފުށީފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 މަސައްކަތުގެ ވެރިފަރާތް:     ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

 ރަޖިސްޓަރީކުރުން:        ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުލައްވާ ބޭފުޅުން 2016 މާރިޗު 23 ވަނަ ދުވަހުގެ 09:00 ގެ ކުރިން އެސްޓީއޯ ހދ.ކުޅުދުއްފުށީފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 ބީލަންކަރުދާސް ދޫކުރުން:    ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 މާރިޗު 23 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

 މަޢުލޫމާތު ދިނުން:        ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 މާރިޗު 24 ވަނަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހދ.ކުޅުދުއްފުށީފިހާރައިގައި އޮންނާނެއެވެ.

 ސުވާލާއި ޖަވާބު:         ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 މާރިޗު 29 ވާ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 މާރިޗު 31 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

 ބީލަންކަރުދާސް:          ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އެޕްރީލް 06 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހދ.ކުޅުދުއްފުށީފިހާރައިގައެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3344371 , 3344180

ފެކްސް:  3344633

އީމެއިލް: [email protected]

07 ޖުމާދަލްއާޚިރާ 1437

 

16 މާރިޗު 2016
ހޯދާ