ވިލުފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ހަރުކުރުމާގުޅޭ

އިޢުލާން

އެއަރކޮންޑިޝަން ހަރުކުރުމާގުޅޭ

މިމަސައްކަތްކޮށްދިނުމަށް މި މަރުކަޒުގެ ނަންބަރު: N2-SM/IUL/2016/05ފ(29/02/2016) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވައިފައިވާ ފަރާތްތަކުން، ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ، މި އިޢުލާން ބާޠިލުކުރެވިފައިވާކަން ދެންނެވީމެވެ. ވީމާ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢުލާންކުރަމެވެ.

ތިރީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ވިލުފުށީ ޞިއްޙީ މަރުކަޒުގެ ފަބްލިކް ހެލްތް ޔުނިޓްގައި 9000 ބީ.ޓީ.ޔޫގެ އެއަރކޮންޑިޝަނެއް، ކޮންސަލްޓޭޝަންރޫމުގައި 9000 ބީ.ޓީ.ޔޫގެ އެއަރކޮންޑިޝަނެއް، އޮފީސް ބައިގައި 32000 ބީ.ޓީ.ޔޫގެ އެއަރކޮންޑިޝަނެއް އަދި ލޭބަރރޫމުގައި 32000 ބީ.ޓީ.ޔޫ ގެ އެއަރކޮންޑިޝަނެއް ހަރުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި މި މަރުކަޒަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މިމަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މިމަރުކަޒުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސައްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ މަޢުލޫމާތު ސާފުކުރާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއަކާއި ސިޓީއެއް އޮންނަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން ވަޑައިގަންނަވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅެއްކަން އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މިމަސައްކަތަށް ބިޑް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

  • އަގަށް: 75 ޕޮއިންޓްސް ( ހުށަހެޅޭ އެންމެ ހެޔޮއަގު / ހުށަހެޅި އަގު 75x)
  • މުއްދަތު 20 ޕޮއިންޓްސް ( ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 20x)
  • ތަޖުރިބާ: 05 ޕޮއިންޓްސް ( މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. )

7 ޖުމާދަލްއާޚިރާ 1437

16 މާރިޗު 2016
ހޯދާ