މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކިޔަވައިދޭނެ އިންސްޓްރަކްޓަރެއް ބޭނުންވެއްޖެ

އިޢުލާން

ކިޔަވައިދޭނެ އިންސްޓްރަކްޓަރެއް ބޭނުންވެއްޖެ

މި މަރުކަޒުން 2016 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ލެވެލް 1 ސެޓުފިކެޓު އިން ލައިފްގާޑިންގ ކޯހުގައި މި މަރުކަޒުން ދޭ ކަރިކިއުލަމާ އެއްގޮތަށް މެޓީރިއަލް ތައްޔާރުކޮށް ކިޔަވައިދެއްވާނެ އިންސްޓްރަކްޓަރެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކިޔަވައިދެއްވުމަށް ގަޑިއަކަށް ޖެހޭ އަގާއެކު ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ ނަން:                 ލެވެލް 1 ސެޓްފިކެޓް އިން ލައިފްގާޑިންގ

ކިޔަވައިދެއްވަން ޖެހޭ ގަޑީގެ އަދަދު:    55

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ހ.ބޯޅަގެ)

ޝަރުތު: ލައިފް ގާޑިންގ / ރެސްކިއު ސަރވިސަސްއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ އެއާ އެއް ފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކޯހުގެ މޮޑިއުލް:

1-  ފަންޑަމެންޓަލް ތިއަރެޓިކަލް ޕްރިންސިޕަލްސް އިން ލައިފްގާޑިން

2-  އެޓަންޑިން ޓު އެން އަންކޮންޝަސް ކެސުއަލްޓީ އެންޑް އެޑްމިނިސްްޓަރިންގ ކާޑިއޯޕަލްމަނަރީ ރިސޯސިޓޭޝަން (ސީޕީއާރު)

3-  ފަސްޓް އެއިޑް

4-  އޯޕަން ވޯޓަރ ޕްރެކެޓިކަލް އެކްޓިވިޓީސް

ހުށަހަޅަންޖެހޭ ލިޔުންތައް:

-   ތަޢުލީމީ ސެޓުފިކެޓުތައް (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)

-   އިންސްޓްރަކްޓަރ ސީ ވީ

-   އައިޑީ ކާޑު ކޮޕީ (ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭ ފަދަ ކޮޕީ)

-   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން

  • ސުންގަޑި: 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 14:00 އާ ހަމައަށެވެ.
  • އިތުރު މަޢުލޫމާތު 3326986 މި ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ