ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން

އިޢުލާން

ފުޓްސެލްދަނޑުގެ ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން

ސްޕޯޓްސް އެރީނާ ޕްރޮޖެޓްގެ ދަށުން ހެދޭ ފުޓްސެލްދަނޑުގެ ބިމުގައިހުރި ރުއްގަހަށް ބަދަލުދީ ކަނޑަން ބޭނުންވާތީ، މިރުއްގަސްތަކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.

ފުޓްސެލްދަނޑު ހެދުމަށް ހަމަޖެހިފައިވާ ބިން އޮންނާނީ ބޯޅަދަނޑުގެ ހުޅަނގު އުތުރުކަނުން ފެށިގެން އިރަށް ދިރާގު ސައިޓާ ދިމާއިން ބޯޅަދަނޑުގެ އިންފާރުގެ އެތެރޭގައެވެ.

މިރުއްގަސްތަކުގައި ރީނދޫ ކުލައިން ނަންބަރު 01 ން ފެށިގެން ނަންބަރު 76 އަށް ނަންބަރުތައް ޖަހާފައި ހުންނާނެއެވެ.

ވީމާ، މިރުއްތަކުގެ ވެރިފަރާތްތަކުން، އެމީހެއްގެ ރުކުގައި މިއިދާރާއިން ޖަހާފައިވާ ރީނދޫ ކުލައިގެ ނަންބަރުތައް އެނގޭނޭ ގޮތަށް ސިޓީއަކުން 31 މާރިޗު 2016 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ވެރިފަރާތް ނާންގައި ރުއްގަސްތައް ބެލެވޭނީ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުމާދަލްއާޚިރާ 1437  

15 މާރިޗު 2016
ހޯދާ