ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓާއި ނެޓްބޯލްކޯޓު ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން

އިޢުލާން

ބަށިކޯޓާއި، ނެޓްބޯލްކޯޓު ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން

ސްޕޯޓްސް އެރީނާ ޕްރޮޖެޓްގެ ދަށުން ހެދޭ ބަށިކޯޓާއި ނެޓްބޯލްކޯޓުގެ ބިމުގައިހުރި ރުއްގަހަށް ބަދަލުދީ ކަނޑަން ބޭނުންވާތީ، މިރުއްގަސްތަކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.

ބަށިކޯޓާއި، ނެޓްބޯލްކޯޓު ހެދުމަށް ހަމަޖެހިފައިވާ ބިން އޮންނާނީ ބޯޅަދަނޑުގެ ގޯތިތެރޭގެ ބޯޅަގޭގެ އުތުރުން ރިޒާވަރ ބެންޗާ ދިމާއިން ހުޅަނގުންނެވެ.

މިރުއްގަސްތަކުގައި ރަތްކުލައިން ނަންބަރު 78 ން ފެށިގެން ނަންބަރު 135 އަށް ނަންބަރުތައް ޖަހާފައި ހުންނާނެއެވެ.

ވީމާ، މިރުއްގަސްތަކުގެ ވެރިފަރާތްތަކުން، އެމީހެއްގެ ރުއްގަހުގައި މިއިދާރާއިން ޖަހާފައިވާ ރަތްކުލައިގެ ނަންބަރުތައް އެނގޭނޭގޮތަށް ސިޓީއަކުން 31 މާރިޗު 2016 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި ވެރިފަރާތް ނާންގައި ރުއްގަސްތައް ބެލެވޭނީ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުމާދަލްއާޚިރާ 1437  

15 މާރިޗު 2016
ހޯދާ