މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 ވަޒީފާގެ ފުރުޞަތު

މަޤާމު

އައިޓީ އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް އެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ:-/7000 އެލަވަންސް:-/2000

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  2016

ބޭނުންވާ އަދަދު

01

ބޭނުންވާ މުއްދަތު

07 މަސް

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިއިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  2016 ގައި ކުރަންޖެހޭ އައި.ޓީ އާގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާ ދިމާވާ މައްސަލަތައް ހައްލުކުރުން.
  2. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 2016 ގައި ބޭނުންކުރާ ހާރޑް ވެއަރ އަދި ސޮފްޓް ވެއަރއަށް ދިމާވާ މައްސަލަތަށް ދެނެގަނެ ހައްލުކުރުން.
  3. ސާރވޭގެ މެއިން ފީލްޑުގެ މަސައްކަތްތަކުގައި ކޮންމެ ދުވަހަކު އެއްކުރެވޭ މަޢުލޫމާތުތައް ސާރވޭގެ މައި އޮފީހާ ސޮފްޓްވެއަރ މެދުވެރިކޮށް ހިއްސާކޮށް ޞައްޙަތޯ ބެލުން.
  4. ސާރވޭގެ މެއިން ފީލްޑް ތެރޭގައި ދިމާވާ އައި.ޓީ އާ ގުޅުން ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މައްސަލަ ދިމާވާ ރަށްރަށަށް ދަތުރުކުރުން.
  5. ސާރވޭގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސުވާލުދާރުން ސާރވޭގައި ބޭނުންކުރާ ސޮފްޓްވެއަރ އަދި ހާރޑްވެއަރ ތަމްރީނުކޮށް މަސައްކަތަށް އަހުލުވެރިކުރުވުން.
  6. މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ފޯނު ނަންބަރު 3014331 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން
  3. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމުލަ އިންސައްތަ %30 އަށްވުރެ މަތިވުން

2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 05 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 05 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
15 މާރިޗު 2016
ހޯދާ