ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ސަވައިވަލް ސެންޓަރުގައި އާރޖެންޓްކޮށް ކުރަން ހުރި މަރާމާތު

އިޢުލާން

ސަވައިވަލް ސެންޓަރުގައި އާރޖެންޓުކޮށް ކުރަން ހުރި މަރާމާތު

މި ސެންޓަރުން ކުރި ނަންބަރު: 153-CMS/2016/02 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރު ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ މިސެންޓަރުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް ޓްރޭނިންގތައް ބާއްވާ ސާރވައިވަލް ކޮމްޕްލެކްސް/ވިލިނގިލީގައި، ތިރީގައިވާ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

1- ލައިފްބޯޓް ނަގައި ތިރިކުރާ ޑެވިޓުގައި ހަލާކުވެފައިވާ ދަގަނޑުބައި ކަނޑައި ނަގައި އާ ބައެއް ހަރުކުރުމާއި ވެލްޑިންގ ކުރުން

2- ސަޕޯޓްގައި ހަރުކޮށްފައިވާ ސޭފްޓީ ޕިން (ދަގަނޑު ލީވަރ) މަރާމާތު ކުރުން

3- ޑެވިޓްގެ ތިރީ ފައުންޑޭޝަނުގައި ތުނިވެފައިވާ ތަންތަން ކަނޑައި ނަގައި އާޕްލޭޓް ވެލްޑިންގ ކުރުން

4- ޑެވިޓުގައި އިލެކްޓްރިކް ވޯޓާޕްރޫފް ލައިޓެއް ހަރުކޮށް ވައިރުކުރުމާއި، ކަރަންޓު ގުޅައިދިނުން

5- މައްޗަށް ބޯޓް ނަގާއިރު އޮޓޮމެޓިކުން މޯޓަރުގެ ކަރަންޓް ކެނޑޭ ގޮތަށް، ލިމިޓް ސްވިޗެއް ހަރުކުރުން (ވޯޓަރޕްރޫފް)

6- މޫދުން އެއްގަމަށް އެރުމަށް ކީވޯލްގައި ހަރުކުރާ ސިޑި، އަޅުވައި ނެއްޓޭގޮތަށް، ކީވޯލް މަތީގައި ދެ ބޯލްޓް ހަރުކުރުން

7- އަލިފާން ނިއްވުމަށް ބޭނުންކުރާ ކޮންޓެއިނަރުގައި ފޫ ގޮސްފައިފައިވާ ތަންތަނުގައި ދަގަނޑު ޕްލޭޓް އަޅައި ވެލްޑިންގ ކުރުން

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ. 

މަތީގައި ބަޔާން ކުރެވިފައިވާ މަސައްކަތަކާބެހޭ އިތުރު ތަފުސީލު މަޢުލޫމާތު ސާފުކުރައްވާ އިރު ދެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، .ވިލިނގިލީ އަވަށުގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

23 މާރިޗު 2016

11:00

އަންދާސީހިސާބު ހުށަހެޅުއްވުން

27 މާރިޗު 2016

11:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ