ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
ލެބޯޓްރީ އެސިސްޓެންޓް

އިޢުލާން

ލެބޯޓްރީ އެސިސްޓެންޓުގެ މަޤާމަށް މުވައްޒަފަކު ހޯދުން:

މަޤާމް:

ލެބޯޓްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔަ

އިތުރު ޢިނާޔަތްތައް: 

އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

ވަޒީފާ އޮތް އޮފީސް:

ގެމަނަފުށީ ސްކޫލް

ވަޒީފާ އަދާކުރާ އޮފީހާއި ސެކްޝަން:

ގެމަނަފުށީ ސްކޫލް/ އެކަޑަމިކް ސެކްޝަން

 

 

 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުން.

- ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް، މާއްދާ ކިޔަވައިދޭ ޓީޗަރުންގެ ލަފާގެ މަތިން، ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން.

- ލެބޯޓްރީގައި ހުންނަ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ޓީޗަރުންނަށް އެކްސްޕެރިމަންޓަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދިނުން.

- ޕްރެކްޓިކަލް ހަދަން ލެބަށްދާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވެދިނުން.

- ޕްރެކްޓިކަލް ހަދަން ބޭނުންކުރާ ސާމާނު ދޮވެ ސާފުކުރުވުން.

- ލެބޯޓްރީގެ ސާފުތާހިރުކަން ބެލެހެއްޓުން.

- ލެބޯޓްރީއަށް ޕްރެކްޓިކަލް ހަދަން އަންނަ ޓީޗަރުންގެ ރެކޯޑުތައް ބެލެހެއްޓުން.

 

 

މަޤާމުގެ ޝަރުޠު:

1- ލެބޯޓްރީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ލެބޯޓްރީއާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާ އަދާކުރާނަމަ ނުވަތަ އަދާކޮށްފައިވާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުމާއި، އުޅޭ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިންޓަވިއުކުރުން:

* މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 31 މާރިޗު 2016 އާއި 3 އެޕްރީލް 2016 އާ ދެމެދުގައި، ގެމަނަފުށީ ސްކޫލުގައެވެ.

* މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ވަޒީފާއާށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން. (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ، ޑިސްކޮލިފައިވާނެއެވެ.)

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 28 ވާ ހޯމަދުވަހުގެ  14:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 7983077 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

6 ޖުމާދަލްއާޚިރު 1437

 

 

15 މާރިޗު 2016
ހޯދާ