ށ. ފޭދޫ ސްކޫލް
ދިވެހިރާއްޖެ
05 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް

އިޢުލާން

05 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

  •  05 ކޮމްޕިއުޓަރ ސިސްޓަމް

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގެ ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 10:00

2016 އެޕްރީލް 03 ވާ އާދީއްތަ ދުވަހުގެ 10:00

ބިޑްތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:

އަގަށް:     65 ޕޮއިންޓް

މުއްދަތު:    15 ޕޮއިންޓް

މާލީ ޤާބިލުކަން:  10 ޕޮއިންޓް

ތަޖުރިބާ:      10 ޕޮއިންޓް

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

15 މާރިޗު 2016
ހޯދާ