ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ދާއިމީ

ވަޒީފާގެ ގިންތި:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

1 (އެކެއް)

ބޭނުންވާ އަދަދު:

މަހަކު -/4،465 ރުފިޔާ

މުސާރަ:

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވަންސް:

އެޑްމިނިސްޓްރޭޝަން ސެކްޝަން / ގެމަނަފުށީ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަން:

ގެމަނަފުށީ ސްކޫލް، ގއ. ގެމަނަފުށި

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.

ށ- މުވައްޒަފުންގެ ޗުއްޓީގެ ރިކޯޑު ބެލެހެއްޓުން.

ނ- މުވައްޒަފުންގެ ޕަރސަނަލް ފައިލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

ރ- ސްކޫލަށް ލިބޭ ސިޓީއާއި މެސެޖުތައް އެންޓްރީކޮށް ފައިލުކުރުން.

ބ- އެކިއެކި އޮފީސްތަކަށާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ މަސައްކަތްކުރުން.

ޅ- ފައިސާގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުން.

ކ- އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.

އ- އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

ވ. ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންގެ ރެޖިސްޓްރީ ބެލެހެއްޓުން.

މ. މުވައްޒަފުންގެ ހާޒިރީ ސިސްޓަމް ބެލެހެއްޓުން.

ފ- މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ސްކޫލުން އަންގާ އެކިއެކި ކަންތައް ކުރުން.

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަނާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 2 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހުމަށްފަހު)

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: މި މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2016 މާރިޗު 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ސްކޫލުގެ 7983077 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

6 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ