ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްހުދާގެ މުންނާރު ހެދުމާބެހޭ

އިޢުލާން

ވަށަފަރު މަސްޖިދުލްހުދާގެ މުންނާރު ހެދުމާބެހޭ

މި އިދާރާގެ ބެލުމުގެ ދަށުގައިހުރި މަސްޖިދުލްހުދާގައި މުންނާރެއް ހެދުމަށް ބޭނުންވެގެން ކުރި IUL)250-CB/250/2015/25)ފ(29 އޮކްޓޫބަރު 2015) ގެ އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "މަސްޖިދުލް ހުދާގެ މުންނާރު ހެދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

20 މާރިޗު 2016  13:00

27 މާރިޗު 2016  11:00

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލު ކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަމިއްލަ ފަރާތަކުން އެބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފު ކުރުމަށާއި ބީލަން ހުށަހެޅުއްވުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލު ކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި، އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި 7781857 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016
ހޯދާ