މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގައި ލައިޓް ސިސްޓަމް ހަރުކޮށް، ގާއަތުރައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްގެތީމު ފުޓްސަލްދަނޑުގައި ލައިޓް ސިސްޓަމް ހަރުކޮށް ގާއަތުރައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިކައުންސިލުން ދައްކާ ނަމޫނާއާ އެއްގޮތަށް ފުޓްސަލްދަނޑުގައި ގާއެތުރުމާއި ލައިޓް ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް ކައުންސިލުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިގަނެވެން ނެތްވާހަކަ ދަންނަވަމެވެ.

4 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016
ހޯދާ