ސިވިލް ކޯޓު
ދިވެހިރާއްޖެ
ޕްރިންޓަރުތައް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިކޯޓުގައި ބޭނުންކުރާ ބްރަދަރ ބްރޭންޑްގެ ޕްރިންޓަރުތައް 01 (އެކެއް) އަހަރުދުވަހަށް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު A3/2016/143-ފ144 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް ސިވިލް ކޯޓަށް (މަދަނީ ވެހި / ހަވީރީހިނގުން) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 12:30 އަށް ސިވިލް ކޯޓަށް (މަދަނީ ވެހި / ހަވީރީހިނގުން) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

06 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ