އިހަވަންދޫ މަދަރުސާ
ދިވެހިރާއްޖެ
ސްޕޯޓްސް ޔުނީފޯމު ފަހައިދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްޕޯޓްސް ޔުނީފޯމު ފަހައިދެއްވާނެ ފަރާތެއް ހޯދުމަށް

މިމަދަރުސާގެ ސްޕޯޓްސް ޔުނީފޯމު 3 (ތިނެއް) އަހަރުދުވަހަށް ފަހައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަދަރުސާގެ ސްޕޯޓްސް ޔުނީފޯމު ފަހައިދެއްވުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ދުރުވެ މަޢުލޫމަތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

ތާރީޚު: 27 މާރިޗު 2016    ގަޑި: 13:00

ތާރީޚު: 29 މާރިޗު 2016    ގަޑި: 13:00

6 ޖުމާދަލްއާޚިރާ‏ 1437

15 މާރިޗު 2016
ހޯދާ