މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސްކޮލަރޝިޕްގެ ފުރުޞަތު

 ސްކޮލަރޝިޕްގެ ފުރުޞަތު

އަދަދު

ޤައުމު

ކޯހުގެ ދާއިރާ/  ކޯހުގެ ފެންވަރު

3

ޖަޕާން

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ އެހީގައި ކުރިއަށް ގެންދާ މަސްވެރިކަމުގެ މާސްޓަރޕްލޭންގެ ދަށުން ދެވޭ ތަމްރިން ކޯސް: އޯޝަނިކް ފިޝަރީޒް/ވެލިއު އެޑިޝަން ޓެކްނޮލޮޖީ ޓްރޭނިންގ

މުއްދަތު: 03 ހަފުތާ (ޖުލައި)

ކޯހުގެ ޝަރުޠު:

 

  • އުމުރުން 35 އަހަރަށްވުރެ ދަށުގެ ޒުވާނެއްކަމުގައިވުން
  • މިހާރުވެސް އާމްދަނީ ހޯދުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތަކަށްވުން

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރު 3339241 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ކޯހަށް އެދި ހުށަހަޅާ ސިޓީ
  • ސީ.ވީ (ވަނަވަރު)
  • މަސްވެރިކަމުގެ ހޭދަކުރި މުއްދަތާއި ކުރާ މަސްވެރިކަމުގެ ތަފުސީލު
  • މަސްވެރިކަމާ ގުޅުންހުރި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެފައިވާނަމަ ބައިވެރިވި ޕްރޮގްރާމުތަކުގެ މަޢުލޫމާތު
  • މަސްވެރިކަންކުރާ އުޅަނދުގެ ނަމާއި ރަޖިސްޓަރީ ނަންބަރު
  • ތަޢުލީމީ ފެންވަރު އެނގޭނޭ ފަދަ ލިޔުމެއް

ސުންގަޑި:  2016 މާރިޗު 27 ވަނަ ދުވަހުގެ 13.00 ގެ ކުރިން  މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް ފޮނުއްވުން އެދެމެވެ.

15 މާރިޗު 2016
ހޯދާ