މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: މަސައްކަތު (ދާއިމީ)

މަޤާމުގެ ރޭންކް: SS 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1

ބޭނުންވާ އަދަދު: 2 (ދޭއް)

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތް:

ހަމަޖައްސާފައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބިދެވޭ ޢިނާޔަތްތައް.

މަޤާމު އޮތް އޮފީސް:

މަކުނުދޫ މަދަރުސާ / ހދ. މަކުނުދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ ސެކްޝަން

މަޤާމުގެ ނަންބަރު:

188-D/22/2016/9

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

  1. ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ ކުރަހާފައިވާ ތަކެތި ސާފުކުރުމާއި، ތަށިމުށި ޖަހާފައިވާ ކްލާހެއް ސާފުކުރާނަމަ،  ދުވާލަކު  އެއްފަހަރު މޮޕްއަޅައި  ސާފުކުރުން.
  2. ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަޙައްދުން ކުނިނަގައި ވިނަނޮޅައި ސާފުކުރުމާއި، ފެންޖަހައި ބަލަހައްޓަންޖެހޭ ތަންތަނަށް ފެން ޖަހައި ބެލެހެއްޓުން.
  3. ސްކޫލުގެ އޮފީސް، ސްޓާފްރޫމް، ލައިބްރަރީ، ސައިންސްލެބް، ކުލާސްރޫމް، ފާޚާނާތަކުގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން.
  4. ގޯތިތެރެއަށް ފެންޖަހައި ގަސްތަކަށް ފެންދިނުން.
  5. ހަވާލުކުރެވިފައިވާ ކުލާސްތަކާއި އެހެނިހެން ތަންތާނގެ ދޮރުތަކާއި ، ދޮރުފަތްތަކާއި، ބިއްލޫރިތަކާއި، ފަންކާތައް ސާފުކުރުމާއި، ފެންފޮތި ލައި ސާފުކުރަންޖެހޭ ތަންތަން ސާފުކުރުން.
  6. ރަސްމީ ގަޑީގެ އިތުރުންވެސް ސްކޫލުގައި ހިންގާ އެހެނިހެން ކަންކަމުގައި އަންގައިފިނަމަ ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވުން.
  7. ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުންކުރުމާއި، އެތަކެއްޗަށް ގެއްލުމެއް ނުދީ ބެލެހެއްޓުން.
  8. އެކިއެކި ހަރަކާތްތަކަށް ރާވައި އިންތިޒާމުކުރަންޖެހޭ ތަންތަން ކަނޑައެޅޭގޮތަށް ރާވައި އިންތިޒާމުކުރުން.
  9. މަސައްކަތު މުވައްޒަފެއް އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ނަގައިފިނަމަ، އެ މުއައްޒަފުގެ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
  10. މަތީގައިވާ ކަންތައްތަކުގެ އިތުރުން، ކޮމެހެން ކުރަންޖެހިގެން ހަވާލުކުރެވޭ ކަންކަން ކަނޑައެޅިފައިވާގޮތަށް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިޔު ކޮށްގެން.

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި  ސްކޫލުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ އަސްލު)
  3. ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ އަސްލު)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު، މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  7. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން، ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ.)
  8. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނެ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ)

ސުންގަޑި:

2016 މާރިޗު 28 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ހދ. މަކުނުދޫ މަދަރުސާގެ އޮފީހަށް.

އިންޓަރވިޔު އޮންނާނެ ތަން:

މަކުނުދޫ  ސްކޫލުގައި.

އިންޓަވިޔު އޮންނާނެ ތާރީޚު:

2016 މާރިޗު 29 އާއި 31 އާ ދެމެދުގައި

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6520529 ނަންބަރު ފޯނަށެވެ.

4 ޖުމާދަލްއޫލާ 1437

13 މާރިޗު 2016
ހޯދާ