އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މޮސްކިޓޯނެޓް ހޯދުމަށް

އިޢުލާން

މިހޮސްޕިޓަލުގެ ވޯރޑްތަކަށް ބޭނުންވާ މޮސްކިޓޯ ނެޓް ހޯދުމަށް 25 ފެބްރުވަރީ 2016 ގައި ކުރި ނަންބަރު IU/PR/2016/25-ފ137 އިޢުލާނަށް ސަޕްލަޔަރުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ޕްރޮކިޔުމަންޓް

11:00

21 މާރިޗު 2016 (ހޯމަ)

 މަޢުލޫމާތު ސާފުކުރެއްވުމަށް

ކޮންފަރެންސް ހޯލް 

13:30

24 މާރިޗު 2016 (ބުރާސްފަތި)

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ