ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓަރކީ ސްކޮލަރޝިޕް

ޓަރކީ ސްކޮލަރޝިޕް

ތުރުކީ ސްކޮލަރޝިޕްސްގެ ދަށުން އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި ތުރުކީ ސަރުކާރުން އަންގަވާފައިވެއެވެ. އަދި މިސްކޮލަރޝިޕްގެ ދަށުން ގިނަ ޕްރޮގްރާމްތައް ކިޔަވައިދޭނީ ތުރުކީބަހުން ކަމަށާއި، ތުރުކީބަސް ދަސްކުރުމަށް އެއް އަހަރުދުވަހުގެ ޕްރޮގްރާމެއް ހަދަންޖެހޭނެކަމަށްވެސް އެފަރާތުން އަންގަވާފައިވެއެވެ.

ވީމާ، މިކޯސްތަކުގައި އަމިއްލަގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާބެހޭ އިތުރު މަޢުލޫމާތާއި، އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 31 މާރިޗު 2016 އެވެ.

 http://www.turkiyeburslari.gov.tr/index.php/en

މީގެއިތުރުން ކޯހާގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ތިރީގައިވާ މިޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.

 www.dhe.gov.mv

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ހޮވިފައިވާ ކޯހާއި ޔުނިވަރސިޓީއަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

13 މާރިޗު 2016
ހޯދާ