ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް އިންތިޚާބުކުރުމާބެހޭ

އިޢުލާން

އަހަރީ ޢާންމު ޖަލްސާ 2016 އަދި އައު ދައުރަކަށް އިންތިޚާބުކުރުމާބެހޭ

މިއެސޯސިއޭޝަނުން 03 މާރިޗު 2016 ގައި ކޮށްފައިވާ އިޢުލާން ނަންބަރު:BAM/IUL/2016/09 އާ ހަވާލާދީ ދަންނަވަމެވެ. އަހަރީ ޢާންމު ޖަލްސާ 2016 މާރިޗު 16 ވަނަ ދުވަހުގެރޭ 20:30 ގައި ހެންވޭރުބޯޅަގޭގެ ސެމިނަރރޫމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި އެސޯސިއޭޝަން އައު ދައުރަކަށް އިންތިޚާބުކުރުން އޮންނާނެއެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެއްވެސް މުވައްޒަފަކު ޤައުމީ އެސޯސިއޭޝަނެއްގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށާއި، ކުޅިވަރުގެ ޤައުމީ ޖަމްޢިއްޔާއެއްގެ ހިންގާ ކޮމިޓީގެ މަޤާމަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެފަރާތެއް އަދާކުރާ ވަޒީފާއެއްގެ ހައިސިއްޔަތުން މަޞްލަޙަތު ފުށުއަރާ ޙާލަތެއްގައި ހުރި އެއްވެސް ފަރާތަކަށް އެފަދަ މަޤާމަކަށް ކުރިމަތިލުމުގެ އިޚުތިޔާރު ލިބިގެންނުވާކަމަށް ކުޅިވަރުގެ ޤައުމީ މަޖިލީހުގެ ނަންބަރު 5/2015 (15 ޑިސެންބަރު 2015) ޤަރާރުގައި ބަޔާން ކުރެވިފައިވާތީ، ޤަރާރާ އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން މި އެސޯސިއޭޝަނަށް ލަފާދެއްވާފައިވާތީ، ކުޅިވަރުގެ ޤައުމީ މަޖިލިހުގެ ޤަރާރާ އެއްގޮތަށް ކުރިމަތިލެއްވި ބޭފުޅުންގެ ލިސްޓު ތަރުތީބުކޮށްފައިވާގޮތް ތިރީގައި މިވަނީއެވެ.

* ރައީސް: 1. މޫސާ ނާޝިދު / މ.އަނޯނާގެ                        * ނާއިބު ރައީސް: 1. އަޙުމަދު ޝާކިރު މޫސާ / މއ.ޕެރިސްގެ    

       2. ހަސަން ރިޔާޒް / މ.ނީނާ

ޚަޒާންދާރު: 1. މުޙަންމަދު ސަޢީދު / ދަފްތަރު 1510                    * އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްސީލުކުރާ މެމްބަރު:

       2. މޫސާ ރަމީޒު / ގ.ތުރަސް                           1. ޙުސައިން އާޠިފު / މ.އާރު

                                                   2. ޙާރިޘް މުޙައްމަދު / ދަފްތަރު ނަންބަރު 4289

އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްސީލުކުރާ މެމްބަރު:        * އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްސީލުކުރާ މެމްބަރު:

  1. ފަތުޙުﷲ ވަޙީދު /  ހ.ނޫއަލި                             1. ޢަލީ ޢަބްދުލްކަރީމް / ޖޭމުގެ، ގދ.ވާދޫ
  2. މުޙައްމަދު ސައީދު / ހ.ޖެލީނާ                             2. އިބްރާހީމް އާސިފް / މ.މަޑިހެރަ

އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްސީލުކުރާ އަންހެން މެމްބަރު:

  1. ޒެނީޝާ ޝަހީދު ޒަކީ / ނޫރާނީގެ
  2. ރަޙީމާ އާދަމް / މ.މާހިޔާ

މިޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު މިއެސޯސިއޭޝަންގެ އެންމެހައި މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، މި އެސޯސިއޭޝަންގެ 26 ފެބުރުވަރީ 2016 ގައި ކޮށްފައިވާ އިޢުލާން ނަންބަރު: BAM/IUL/2016/06 ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން 03 މާރިޗު 2016 ވަނަ ދުވަހުގެ 16:00 އާ ހަމައަށް 2016 ވަނަ އަހަރަށް ފީ ދައްކަވާފައިވާ މެމްބަރުން، މެމްބަރޝިޕް ކާޑު އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

ކްލަބް އަދި ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ކްލަބް އަދި ޑިވެލޮޕްމަންޓް ކޮމިޓީ ތަމްސީލުކޮށް، ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާ ބޭއްވުމުގެ 48 ގަޑިއިރުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން އެންމެހާ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

13 މާރިޗު 2016
ހޯދާ