ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

 

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

މުސާރަ       

މަހަކު -/3,100  ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވެންސް

މުސާރައިގެ %35 ދެވޭނެ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

އެޑްމިން އެންޑް އައިޓީ ޔުނިޓް.

މަޤާމުގެ މަސްއޫލިއްޔަތު

  1. މީޓިންގތަކަށް ރިފްރެޝްމަންޓް ތައްޔާރުކުރުމާއި ޕޭންޓްރީ ސާފުތާހިރުކަން ބެލެހެއްޓުން
  2. ޤައުމީ އަރުޝީފުގެ ތެރޭގައި ތަންތަން ސާފުކުރުމާއި ސާފުތާހިރުކަން ބެލެހެއްޓުން
  3. ހަލާކުވާ ތަކެތި ބަދަލުކުރުމާއި ކުނި އުކާލުމާބެހޭ ކަންތައްތައް ބެލެހެއްޓުން
  4. އޮފީހުގެ މަސައްކަތްތަކާ ގުޅުންހުރި މުވައްޒަފުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން
  5. އެކި ފަރާއްތަކަށް ފޮނުވަންޖެހޭ ތަކެތި ހަވާލުކުރުން
  6. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި އޮފީހުގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލުކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޤައުމީ އަރުޝީފުން އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 12:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3349311 ނުވަތަ 3349312 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށެވެ. ވަޒީފާއަށް އެދޭ ފޯމު ޤައުމީ އަރުޝީފުން އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.

10 މާރިޗު 2016
ހޯދާ