ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އާރކިވިސްޓު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އާރކިވިސްޓު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 4

މުސާރަ:      

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވެންސް:

މުސާރައިގެ %35 ދެވޭނެ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން:

ސަރވިސް ޔުނިޓް

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޤައުމީ އަރުޝީފުން ބަލަހައްޓަންޖެހޭ ޕްރޮސީޖަރތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެލެހެއްޓުން.
  2. ސަރުކާރުގެ އިދާރާތަކާ ގުޅުން ބަދަހިކުރުމާއި، އެކި އިދާރާތަކުން ލިބޭ ލިޔެކިޔުންތައް ތަރުތީބުކޮށް އާކައިވްކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  3. އާކައިވްގެ މެޓީރިއަލާ އެއްކޮށް ޑޮކިއުމަންޓްކުރުމާއި، ބޭނުންވާ ޑޮކިއުމެންޓްތައް ޖެނެރޭޓްކުރުމާއި، އެކަމާ ގުޅޭ ރިޕޯޓްތައް އެކުލަވައިލުން.
  4. އާކައިވްގެ ޚިދުމަތްތައް ހަރުދަނާކުރާނެ ޕްރޮގްރާމްތައް ދެނެގަތުމާއި، އިތުރަށް ތަރައްޤީކުރާނެ ގޮތް ހޯދައި ބަލައި ހިންގުން.
  5. އާކައިވްކޮށްފައި ހުންނަ މެޓީރިއަލްތަކުގެ ކޮލެޓީ ހިފެހެއްޓުމާއި، ދިގުމުއްދަތަށް ދެމެހެއްޓޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  6. އާކައިވްގައި ހުންނަ މެޓީރިއަލްތައް ދިގުމުއްދަތަށް ބެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި، އެފަދަ ވަސީލަތްތަކަށް ބޭނުންވާ ސާމާނު ހޯދައި ބެހެއްޓުން.
  7. އާކައިވްގައި ހުންނަ މެޓީރިއަލްތައް ދިގުމުއްދަތަށް ބެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި، އެފަދަ ވަސީލަތްތަކަށް ބޭނުންވާ ސާމާނު ހޯދައި ބެލެހެއްޓުން.
  8. އާކައިވްކޮށްފައި ހުންނަ ތަކެތި ބެހެއްޓިފައި ހުންނަ ތަންތަނުގެ މާހައުލް ބެލެހެއްޓުމާއި، އެކަށީގެންވާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްތައް ކުރުން.
  9. ސެކްޝަން/ޔުނިޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، އޮފީހުން ރާވައި ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކޮށްދީ އެހީތެރިވެދިނުން.

 

 

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޤައުމީ  އަރުޝީފުން ލިބެން ހުންނާއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާނީ، ޤައުމީ އަރުޝީފަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 21 ވާ ހޯމަދުވަހުގެ 12:00 އެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން:

- މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ.

- އިންޓަވިއު އޮންނާނީ، ޤައުމީ އަރުޝީފުގައެވެ.

ނޯޓު:

މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3349312 ނަންބަރު ފޯނަށްނުވަތަ 3349311 ނަންބަރު ފޯނަށެވެ.

 1 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016
ހޯދާ