އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ކުޑަކުދިންގެ ޑެސްކު ގަންނަން

ކުޑަކުދިންގެ ޑެސްކު ގަންނަން ބޭނުންވެއްޖެ

ކުޑަކުދިންގެ ކިޔެވުމަށް ބޭނުންކުރާ، ތިރީގައިވާ ދަންނަވާފައިވާ ސްޕެސިފިކޭޝަންގެ 10 ޑެސްކު މި ސްކޫލަށް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު GS80/IUL/2016/07ފ(03 މާރިޗު 2016) އާ ގުޅިގެން އެއްވެސް ފަރާތަކުން އަގު (ކޯޓޭޝަން) ހުށަހަޅާފައިނުވާތީ، މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

އަދަދު

ތަފުސީލު

10

ކުޑަކުދިންގެ މޭޒު (ޑެސްކު) 600x600x500 މމ. - ޕްލާސްޓިކް

މުހިންމު މަޢުލޫމާތު

  1. ހުށަހަޅާ އައިޓަމުތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ފެންވަރަށެވެ.
  2. ވިއްކާ ތަކެތި މި ސްކޫލުން ޗެކްކުރާއިރު ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެ އެއްޗެއް ގަބޫލެއް ނުކުރެވޭނެއެވެ. އަދި އެ ތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މި ސްކޫލަށް ހޯދައިދޭންވާނެއެވެ.
  3. ތަކެއްޗަށް އަގު ދެވޭނީ ހުރިހާ އައިޓަމެއް މި ސްކޫލާ ހަވާލުކުރުމުންނެވެ.
  4. ވިއްކާ ތަކެތި އިތުރު އަގަކާ ނުލައި މި ސްކޫލަށް ޑެލިވަރކޮށްދިނުމަކީ ތަކެތި ވިއްކާ ފަރާތުން ކޮށްދޭންޖެހޭނެ ކަމެކެވެ.
  5. ހުށަހަޅާ އަގު 25 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.
  6. ތަކެތި ގަތުމަށް ކަނޑައެޅޭނީ ތަކެތި ގަތުމަށް މި ސްކޫލުން ހުށަހަޅާތާ ގިނަވަގެން 20 ދުވަހުގެ ތެރޭގައި ތަކެތި ޑެލިވަރކޮށްދެވޭނެ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކުން ތަކެތި ގަންނަ ގޮތަށެވެ.
  7. އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ.
  8. އަގު ހުށަހަޅުއްވާނީ މި ސްކޫލަށެވެ. ނުވަތަ މި ސްކޫލުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ.
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ 6500548 ނަންބަރު ފޯނަށެވެ. ނުވަތަ މަތީގައި ދެންނެވިފައިވާ އީމެއިލް މެދުވެރިކޮށްވެސް އިތުރު މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.
10 މާރިޗު 2016
ހޯދާ