ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||||
1 (އެކެއް) |
ބޭނުންވާ އަދަދު: |
ޑޭޓާ އެންޓްރީ (ވަގުތީ) |
މަޤާމް: |
|
ގަޑިއަކަށް -/40 ރުފިޔާ |
މުސާރަ: |
|||
6 މަސްދުވަސް |
މަސައްކަތުގެ މުއްދަތު |
|||
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ |
މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް: |
ނޭޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް |
ސެކްޝަން: |
|
1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ، 2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ |
މަޤާމުގެ ޝަރުޠުތައް: |
|||
- ބާޒާރުގެ އަގުތައް ނެގުމާއި އެންޓަރކުރުމާއި، އަގުތައް ޗެކްކުރުން. - ގޭބިސީގެ އާމްދަނީއާއި ހަރަދުބެލުމުގެ ސަރވޭގެ މަސައްކަތްކުރުން. - ވަޒީފާއާ ގުޅިގެން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
|||
- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު. - މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މީހުން. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. - ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު. |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
|||
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން، މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި މާލޭގައި އޮންނާނެއެވެ. |
އިންޓަވިއުކުރުމާއި، އިމްތިޙާންކުރުން: |
|||
1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ ތިންވަނަ ފަންގިފިލައިން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައ ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|||
- މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބައު އިމާރާތުގެ ތިންވަނަ ފަންގިފިލަޔަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިޔަކީ، 2016 މާރިޗު 22 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. |
ސުންގަޑި:
|
|||
މައުލޫމާތު ހޯދުމަށް ގުޅާނީ، 3349395 ނަންބަރު ފޯނަށް ނުވަތަ 3349388 ނަންބަރު ފޯނަށެވެ. |
އިތުރު މަޢުލޫމާތު: |
|||
1 ޖުމާދަލްއާޚިރާ 1437 |