ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ލ.ހިތަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިއިދާރާގެ ނަންބަރު: IUL)404-ESMS/404/2016/6)ފ(23 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުގައިވާ އަގުތަކަކީ، މިޕްރޮޖެކްޓަށް ލިބިފައިވާ ބަޖެޓަށްވުރެ މާބޮޑު އަގުތަކެއް ކަމަށްވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 22 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއާއި، އައި.ޑީ.ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަންވާނެއެވެ.

29 ޖުމާދަލްއޫލާ 1437

09 މާރިޗު 2016
ހޯދާ