ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީއާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުމަށް ހަދާ ޓީވީ ޑްރާމާ ހަދައިދޭނެ ބަޔަކު ހޯދުމަށް
"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި، އަދި ތިމާވެށްޓާ ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. މިކަމާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުންވެސް މިމަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިގޮތުން އެއްލަވަ ހިމަނައިގެން އެނަރޖީ އެފިޝެންސީއާ ބެހޭގޮތުން މިނިސްޓްރީން ދޭ ސްޓޯރީ ބޯޑާ އެއްގޮތަށް ޢާންމުން ހޭލުންތެރިކުރުމަށް 45 މިނެޓުގެ ޓީވީ ޑްރާމާއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް ބޭނުންވާ ކާސްޓުން ހަމަޖައްސާނީ މިމިނިސްޓްރީންނެވެ.
މި މަސައްކަތް ނިންމާ ހަވާލުކުރުމުގެ އެންމެފަހު ތާރީޚަކީ 03 މޭ 2016 ވާ އަންގާރަ ދުވަހެވެ.
ހުށަހަޅަންވީ ތަކެތީ:
* އަންދާސީހިސާބު (ކުރާ މަސައްކަތުގެ ތަފުސީލު ހިމެނޭގޮތަށް)
* ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
* މަސައްކަތް ކުރާނެ މީހުންގެ ވަނަވަރު
* މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
* މަސައްކަތް ކުރުމަށް ބޭނުންކުރެވޭ ސާމާނުގެ ސްޕެސިފިކޭޝަން އަދި ބޭނުންކުރާނެ ސޮފްޓްވެއަރގެ ތަފުސީލު
* މަސައްކަތުގެ ޝެޑިއުލް
ހުށަހެޅޭ ޕްރޮފޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
އަގު: % 50
ކުންފުނީގެ ތަޖުރިބާ: % 15
ޓީމް މެންބަރުންގެ ތަޖުރިބާ: % 15
މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނު: % 15
ތިމާވެށި ނުވަތަ ހަކަތައިގެ ދާއިރާއިން މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ: % 05
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3018201 އަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލުންނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 3018300 (960)+ 3018201 (960)+
އީމެއިލް: [email protected]