ރ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މަސައްކަތުމީހެއްގެ މަޤާމުގެ ފުރުޞަތު:

އިޢުލާންކުރުމުގެ ހުއްދަ ނަންބަރު 188-OD/22/2016/09 ގެ ދަށުން، މި މަދަރުސާގެ މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ. މި ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސުޓާފް ގްރޭޑް 1

މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ރ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތްތައް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސާފުކުރުމަށް ހަވާލުކުރެވިފައިވާ ކްލާސްރޫމުތައް، ކިޔެވުން އޮންނަ ދުވަސްތަކުގައި ދަރިވަރުން ކުލާހަށް ވަނުމުގެ ކުރިން ފޮޅައި ސާފުކުރުން.
  • ސްކޫލުގެ ގޯތިތެރެއިން ހަވާލުކުރެވޭ ބަޔާއި، ސްކޫލުގެ މަގުފާރު ވަށައިގެން ކުނިކަހަންޖެހޭ ސަރަހައްދު ކުނިކަހައި، ކުނި އުކައިލުން.
  • ސްކޫލުގެ އެހެނިހެން ޢިމާރާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ތަންތަން ކުނިކަހައި، ފޮޅައި، ސާފުކުރުން.
  • ހަވާލުކުރެވިފައިވާ ކްލާސްރޫމުތަކާއި އެހެނިހެން އިމާރާތްތަކުގެ ކުޑަ ދޮރުތަކާއި، ބޮޑު ދޮރުތަކާއި، ހިރަފުސް ހަރުލާ އެހެނިހެން ތަންތަނާއި ފަރުނީޗަރު ފޮޅައި ސާފުކުރުން.
  • ސިޓީއާއި، މެސެޖާއި، ތަކެތި ހަވާލުކުރުން.
  • ބައްދަލުވުންތަކަށް އެންގުން.
  • ބައްދަލުވުންތަކަށް މެގަފޯނުން ރަށުތެރެއަށް ގޮވުން.
  • އެކިއެކި ފިހާރަތަކަށް ގޮސް އަގުބަލައި، ފޯމު ފުރުމަށްފަހު، ޕާރޗޭސް އޯޑަރުގައިވާ ތަކެތި، ހަމަޖެހިފައިވާ ފިހާރައިން ސްކޫލަށް ގެނައުން.
  • ސްކޫލުގެ ގަސްތަކާއި ބަގީޗާތައް ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް، 2016 މާރިޗު 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ރ. އަތޮޅު މަދަރުސާގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެހެކީ، [email protected] އެވެ. 

ސެޓްފިކެޓްތަކާއި ލިޔެކިޔުންތައް އެޓެސްޓްކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ، އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިންޓަވިއުއާއި، ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއުކުރެވޭނެއެވެ. މި މަޤާމުގެ އިންޓަވިއު އޮންނާނީ، 2016 މާރިޗު 24 ވާ ބުރާސްފަތިދުވަހު ރ. އަތޮޅު މަދަރުސާގައެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ކަރިކިއުލަމް ވިޓާ (ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް އެނގޭނެހެން)
  3. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ނޯޓް:

ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:

ފޯން: 6582705، ފެކްސް: 6582706 އީމެއިލް: [email protected]

1 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016
ހޯދާ