މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މައުރަޒުގެ ކުރެހުންތައް ޓައިލްސްއަށް ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މައުރަޒުގެ ކުރެހުންތައް ޓައިލްސްއަށް ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމަށް

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ތިމާވެއްޓަށް ދިވެހި ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މުޅި ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލެވިގެން ކުރެހުމުގެ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މައުރަޒު ކުރުމަށް ހުށަހެޅޭ ކުރެހުންތައް މިމިނިސްޓްރީން ބަޔާން ކޮށްފައިވާ ޓީއޯއާރުގައިވާ ގޮތުގެ މަތިން ޓައިލްސްއަށް ޕްރިންޓްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. އަދި މިމަސައްކަތާ ގުޅޭ ޓީއޯއާރު މިމިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިމަސައްކަތާ ބެހޭގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ މީޓިންގރޫމް 2 ގައި އޮންނާނެއެވެ. މަޢުލޫމާތު ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތުގެ އަގު:
  • މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން މަސައްކަތް ނިންމުމަށް ނަގާނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި "2016 ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މައުރަޒުގެ ކުރެހުންތައް ޓައިލްސްއަށް ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމަށް" މަޝްރޫޢާބެހޭ މިހެން ލިޔެވިފައިވާންވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 23 މާރިޗު 2016 ވަނަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު:  3018337  ނުވަތަ  3018300

ފެކްސް:  3018301

އީމެއިލް:  [email protected]

މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި "2016 ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މައުރަޒުގެ ކުރެހުންތައް ޓައިލްސްއަށް ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމަށް" ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

10 މާރިޗު 2016
ހޯދާ