ދިވެހިރާއްޖެ
މަޤާމް :އިންޓެލިޖެންސް އެނަލިސްޓް ގްރޭޑް 2 | |
---|---|
ބޭނުންވާ އަދަދު :1 | |
އިންޓެލިޖެންސް އެނަލިސްޓް ގްރޭޑް 2 މުސާރަ: -/7،000 ރުފިޔާ ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،000 ރުފިޔާ އިތުރު ޢިނާޔަތްތައް - ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 - އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. ޝަރުޠު: - ކްރިމިނަލޮޖީ، ސޯޝަލް ސައިންސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، އިންޓަރނޭޝަނަލް ރިލޭޝަންސް، ނުވަތަ ގުޅޭ ދާއިރާއަކުން ފަސްޓް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން، - ބަހުންނާއި ލިޔުމުން ރަނގަޅު މުޢާމަލާތު ކުރެވުން، - ބޭސިކް ލެވެލް އިންޓެލިޖެންސް އެނަލިސިސް ކޯހެއް ފުރިހަމަކޮށްފައިވުން. - ޑޭޓާ މައިނިންގ ޓޫލްސް ބޭނުންކުރަން އެނގުން. - ތަހުޤީޤު ކުރުމުގެ ހުނަރު ދަސްކޮށްދޭ ކޯހެއް ފުރިހަމަކޮށްފައިވުން، - މީހުން މެނޭޖްކުރަން އެނގުން، - އެންމެ މަތީ ދަރަޖައަށް ޕާސަނަލް އިންޓެގްރިޓީއާއި ޕްރޮފެޝަނަލިޒަމް ހުރުން، - އުނދަގޫ އަދި ހައިޕްރެޝަރ މާޙައުލުތަކުގައި ނަތީޖާ ހާސިލުކުރުމުގެ ރޫޙު ހުރުން. - އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން، - މީލާދީގޮތުން 18 އަހަރު ފުރިފައިވުން، - ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައި ނުވުން، މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް - ވަނަވަރު، - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، - ތަޢުލީމީ ސަނަދު ނުވަތަ ސެޓުފިކެޓުތަކުގެ ކޮޕީ، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓުފިކެޓުތަކުގެ ކޮޕީ، - ނެގިފަހުން 3 މަސްދުވަސް ވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓްސައިޒުގެ ފޮޓޯ، - މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2016 މާރިޗު 29 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓު: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 29 ޖުމާދަލްއޫލާ 1437 |