މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ އަށްް ޒޯން 3 އިން ލިބިފައިވާ ފެރީ ޓާމިނަލްތައް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން

އެމްޓީސީސީއަށް ފެރީ ޓާމިނަލް ތަރައްޤީކޮށް ހިންގުމަށް ޒޯން 3 އިން ލިބިފައިވާ ބިންތައް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2016 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީހުގެ 7 ވަނަ ފަންގިފިލާ (ބޯޑު މީޓިންގރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މާރިޗު 2016 ވަނަ ދުވަހުގެ 14:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

10 މާރިޗު 2016
ހޯދާ