މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސެސަރުން

އިޢުލާން

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގް އޮތޯރިޓީގެ ސްޓެންޑަރޑްތަކާ އެއްގޮތަށް ހިންގާ، ތިރީގައި ބަޔާންކުރާ، ޕްރޮގުރާމްތަކުގައި އެސެސަރުންގެގޮތުގައި މަސައްކަތްކޮށްދޭނެ ފަރާތްތައް ބޭނުންވެއެވެ.

ދާއިރާ 

އިލެކްޓްރީޝަން

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ޝަރުޠު

  • އިލެކްޓްރީޝަނުގެ ދާއިރާއިން ލެވަލް 5 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުއިއެކު 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާ

ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގް މެކޭނިކް

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ޝަރުޠު

  • ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގް މެކޭނިކް ދާއިރާއިން ލެވަލް 5 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު 3 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ގުޅުންހުރި ދާއިރާއިން ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.   

ދާއިރާ

އައި.ޓީ. ޓެކްނީޝަން

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ޝަރުޠު

  • އައި.ޓީ. ޓެކްނީޝަން ދާއިރާއިން ލެވަލް 5 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު 3 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ގުޅުންހުރި ދާއިރާއިން ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.   

ދާއިރާ

ފޮޓޯގްރަފީ  

ބޭނުންވާ އަދަދު:

2 (ދޭއް)

ޝަރުތު

  • ފޮޓޯގްރަފީ ދާއިރާއިން ލެވަލް 5 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު 3 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ގުޅުންހުރި ދާއިރާއިން ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.    

އެސެސަރުންގެ މަސްއޫލިއްޔަތު

  • ޕްރޮގުރާމްތައް އެސެސްކުރުމަށް ބޭނުންވާ މެޓީރިއަލްސް، ތިއަރީ އަދި ޕްރެކްޓިކަލް ޕޭޕަރ ތައްޔާރުކުރުން.
  • ޕްރޮގްރާމްތައް ފުރިހަމަ ކުރާ ފަރާތްތައް އެސެސް ކުރުން އަދި އެސެސް ކުރުމާގުޅޭ ހުރިހާކަމެއް ކުރުން.
  • ޕޭޕަރތައް މާރކް ކުރުމާއި ޓިވެޓް އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

އުޖޫރަ

  • މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ.

ނޯޓް

  • އެސެސް ކުރުމަށް ރާއްޖެތެރެއަށް އަދި ރިސޯޓްތަކަށް ދެވޭފަދަ ފަރާތަކަށް ވާންޖެހޭނެއެވެ.
  • އެސެސް ކުރުމަށް ތައްޔާރުކުރަންޖެހޭ މެޓީރިއަލް ތައްޔާރުކުރުމަށް ވަގުތު ދެވޭ ފަރާތަކަށް ވާންޖެހޭނެއެވެ.

ސުންގަޑި

2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޓިވެޓް އޮތޯރިޓީ، ޣާޒީ ބިލްޑިންގގެ ގުރައުންޑް ފްލޯރ އަށް،

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341313 ނަންބަރު ފޯނަށެވެ.

 
1 ޖުމާދަލްއާޚިރާ 1437
10 މާރިޗު 2016
ހޯދާ