ދިވެހިރާއްޖެ
މަޤާމް :ސީނިއަރ އޮފިސަރ ، ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން (ލެވެލް 1) | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :ސީނިއަރ އޮފިސަރ، އެޕްލިކޭޝަން ޑިވެލޮޕްމަންޓް (ލެވެލް 1) | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :އެސިސްޓަންޓް އޮފިސަރ، ޕޭމަންޓް ޕްރޮސެސިންގ (ލެވެލް 1) | |
---|---|
ބޭނުންވާ އަދަދު :1 | |
ވަޒީފާގެ ފުރުޞަތު
މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމު: |
ސީނިއަރ އޮފިސަރ ، ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އިންފޮމޭޝަން ޓެކްނޯލޮޖީ ޑިވިޜަން / ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން ސެކްޝަން |
އަސާސީ މުސާރަ: |
-/7,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީގެ ޑޭޓާބޭސްއަށް ބޭނުންވާ އަޕްޑޭޓްތައް ހޯދައި އިމްޕްލިމެންޓްކުރުމާއި، ޑޭޓާބޭސްއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުމާއި، އީ-ގަވަރމަންޓް ޕޯޓަލްއާގުޅޭ މަސައްކަތް ބެލެހެއްޓުމާއި، އަދި މިނޫންވެސް ޑޭޓާބޭސް ބެލެހެއްޓުމާގުޅޭ އެހެން ހުރިހާ ކަންކަން ކުރުން |
ޝަރުޠު: އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން |
|
މަޤާމު: |
ސީނިއަރ އޮފިސަރ، އެޕްލިކޭޝަން ޑިވެލޮޕްމަންޓް (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
އިންފޮމޭޝަން ޓެކްނޯލޮޖީ ޑިވިޜަން / އެޕްލިކޭޝަން ޑިވެލޮޕްމަންޓް ސެކްޝަން |
އަސާސީ މުސާރަ: |
-/7,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ބެލެހެއްޓުމާއި، ވެބްސައިޓާބެހޭ މަސައްކަތްތައް ބެލެހެއްޓުމުގެ އިތުރުން ސޮފްޓްވެއަރ ސިސްޓަމްސްތައް ތަރައްޤީ ކުރުމަށް ބޭނުންވާ ކޮމްޕޯނަންޓްސް ދިރާސާކުރުމާއި، ހޯދުން. |
ޝަރުޠު: އައި.ޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން |
|
މަޤާމު: |
އެސިސްޓެންޓް އޮފިސަރ، ޕޭމަންޓް ޕްރޮސެސިންގ (ލެވެލް 1) |
ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން: |
ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ޕޭމަންޓް ޕްރޮސެސިންގ ސެކްޝަން |
އަސާސީ މުސާރަ: |
-/4,000 ރުފިޔާ |
އިތުރު އިނާޔަތްތައް: |
ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މީރާއަށް ބަލައިގަންނަ ފައިސާއާއި، ފައިސާ ދެއްކުމަށް ހުށަހަޅާ ޕޭމަންޓް ފޯމާ ދިމާވޭތޯ ބަލައި ވެރިފައިކޮށް، ދިމާނުވާ ހާލަތްތަކުގައި އެ މައްސަލަ ހައްލުކުރުމާއި، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށް ފުރަތަމަ ނޯޓިސް ދިނުމާއި، އެ ނޯޓިސްތަކާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، ޑެއިލީ، ވީކްލީ އަދި މަންތްލީ ޕޭމަންޓް ރިޕޯޓްތައް ތައްޔާރުކުރުން. |
ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން. (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) |
އެހެނިހެން ޝަރުޠުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން. އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
- ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
- ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.
- ވަޒީފާ ލިބިއްޖެނަމަ ވަޒީފާގައި އުޅޭ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ މުއްދަތުތެރޭގައި އޭ.ސީ.ސީ.އޭ އިމްތިޙާނުގައި ބައިވެރިނުވާނެ ކަމަށާއި، އަދި ފުރަތަމަ 1 (އެކެއް) އަހަރުގެ މުއްދަތުތެރޭގައި އެހެން އެއްވެސް ކޯހެއް / އިމްތިޙާނެއްގައި ބައިވެރިނުވާނެކަމަށް އިޤުރާރުވުން.
އެހެނިހެން އިނާޔަތްތައް
- މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކުވެސް ހޮވާލެވޭ މުވައްޒަފުންތަކަކަށް މީރާގެ ސްޕޮންސަރޝިޕްގެ ދަށުން އޭ.ސީ.ސީ.އޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.
- އޭ.ސީ.ސީ.އޭ މެމްބަރ ނުވަތަ އެފިލިއޭޓް ލެވެލް ހާސިލުކޮށްފައިވާ މުވައްޒަފުންނަށް އަހަރަކު އެއްފަހަރު:
- އެނުއަލް ސަބްސްކްރިޕްޝަން ފައިސާ ދައްކައިދިނުން
- ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީ.ޕީ.ޑީ) ޓްރޭނިންގގައި ބައިވެރިކޮށްދިނުން.
މިމަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމިކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓުފިކެޓު) ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓް:
- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަރވިއުއަށް ބަލައި އެންމެމަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 މާރިޗު 2016 ގެ 16:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 1415، ފެކްސް: 3316577
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
10 ޖުމާދަލްއޫލާ 1437