އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުސްނުވާ އާސަންދަ ސްކީމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މި ކުންފުނީގެ ފަރާތުން ދެމުންގެންދާ ހުސްނުވާ އާސަންދަ ސްކީމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެފަރާތެއްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކުންފުނިން ބޭނުންވާ ޚަބަރުތައް، މަޖައްލާ / އޮންލައިން ނޫހުގައި ޝާއިޢުކުރުމާއި، އިޝްތިހާރު ޖެހުމާއި، ސްކީމާގުޅޭ ލިޔުންތައް ޝާއިޢުކޮށް، ޕޯސްޓަރ ހަދައި، ފޮޓޯ ނެގުމާއި އެނިމޭޓެޑް ކްލިޕްތައް ޝާއިޢުކޮށް ކުންފުނީގެ ޚާއްޞަ އިންޓަރވިއުތައް ހިމެނުން އެކުލެވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 17 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 24 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސް ރޫމުގައެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނިން އިރުޝާދުދޭ ގޮތަކަށެވެ.

10 މާރިޗު 2016
ހޯދާ