މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވަޒީފާގެ ފުރުޞަތު

މަޤާމު:             މަސައްކަތު

ކްލެސިފިކޭޝަން އަދި ރޭންކް: ސަޕޯޓް ސްޓާފް ގްރޭޑް 1 (އެސް އެސް 1)

ބޭނުންވާ އަދަދު:        03 ( ތިނެއް) 

ޝަރުޠު:             ލިޔަން ކިޔަންދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

______________________________________________________________________________________________

މުސާރަ:           -/3100ރ (މަހަކު)                                            

ސަރވިސް އެލަވަންސް:   -/1000ރ (މަހަކު)

އިތުރުގަޑީގެ ފައިސާ:    އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

______________________________________________________________________________________________

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުން:

 މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލެމަށްފަހު

 - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ކުރަންޖެހޭ މަސައްކަތް:

- ސްކޫލުގެ ކުލާސްރޫމްތައް ތަރުތީބުކޮށް ފޮޅައި، ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

-  ސްކޫލުގެ ކުލާސްރޫމްތަކާއި، އިމްތިޙާނުތަކަށް ބޭނުންވާގޮތަށް ގޮނޑި، މޭޒު އުފުލައި އެތުރުން.

-  ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 

ހުށަހަޅަންޖެހޭ ތަކެތި: 

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ސުންގަޑި: ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މަޖީދިއްޔާ ސްކޫލަށެވެ

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 22 މާރިޗު 2016 އާއި 31 މާރިޗު 2016 އާ ދެމެދުގައި، މަޖީދިއްޔާ ސްކޫލުގައެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ.

އިންޓަރވިއުކުރުން:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

* އަދި މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިޢުލާނާގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3320341 ނަންބަރު ފޯނާއެވެ.

10 މާރިޗު 2016
ހޯދާ