ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހައިޑްރޯލިކް ސިސްޓަމް ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމާ ބެހޭ

                      އިޢުލާން

ހައިޑްރޯލިކް ސިސްޓަމް ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމާ ބެހޭ

މި ޑިޕާޓްމަންޓްގެ 3 ނަންބަރު ގޭޓުގެ ހައިޑްރޯލިކް ސިސްޓަމް ގަންނަން ބޭނުންވެގެން ތިންވަނަ ފަހަރަށް ކުރެވުނު 198-F/2016/111  ނަންބަރު އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށްވާތީ އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުލުވާލަމަވެ. މިކަމާބެހޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv  އިން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 މާރިޗު 14 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006249 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 15 ވަނަ ދުވަހުގެ 14:00އަށް  އަންދާސީހިސާބު މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖުމާދަލްއޫލާ  1437

10 މާރިޗު 2016
ހޯދާ