ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ އީކޮމާސް އެންޑް މާކެޓިންގ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: މެނޭޖަރ އީކޮމާސް އެންޑް މާރކެޓިންގ

މުސާރައާއި އެލަވަންސް:

މަހަކު -/17500 ރުފިޔާ

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އީ ކޮމާސް އެންޑް މާރކެޓިންގ

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން އަންޑަރގްރެޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އީކޮމާސް އެންޑް މާކެޓިން ޑިޕާޓްމެންޓްގެ ޕްރޮޖެކްޓްސްތައް ރާވައި ހިންގުން.
  • ނިއުމީޑިޔާގައާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ކުންފުނީގެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުން.
  • ކުންފުނީގެ ބްރޭންޑްސްތައް މެނޭޖްކުރުމުގައި އެހީވުން.
  • ކުންފުނީގެ އީކޮމާސް ޕްލެޓްފޯމްތައް މެނޭޖްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ އެންމެހައި ޕްރޮޑަކްޓްސްތައް ޑިޖިޓަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައި ބޭނުން ކުރެވޭގޮތަށް ތައްޔާރުކުރުން.
  • ކުންފުނީގެ ޑިޖިޓަލް އަދި މަލްޓިމީޑިޔާ ޕްލެޓްފޯމްތައް (ކުންފުނީގެ ވެބްސައިޓާއި ސޮފްޓްވެއަރ އަދި އެޕްލިކޭޝަންތައް) މެނޭޖްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ޕްރޮޑަކްޓްސްތައް މާކެޓް ކުރުމަށް، ތަފާތު ޕްލެޓްފޯމްތަކުގައި ކަންކަން ރާވައި ހިންގުން.
  • ކުންފުނީގެ އިންޓަރނަލް އަދި އީމާކެޓިންގގެ ކަންކަން ރާވައި ހިންގުން.

ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަލްޓިމީޑިއާ، މާރކެޓިންގ އަދި ޕީ. އާރު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • މީގެ އިތުރުން، އިނޮވޭޓިވް ޚިޔާލުތަކާއި ކްރިއޭޓިވިޓީގެ މިންވަރު ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަރވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 20 މާރިޗު 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016
ހޯދާ