މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުސަތު:

މަޤާމް: މަސައްކަތު

މަޤާމުގެ ރޭންކް: އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ: މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

ޔުނިޓް: ކޯޕްރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަންދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ކައުންސިލްގެ އިދާރާ ފޮޅައި ސާފުކުރުމާއި، ކައުންސިލް އިދާރާއާ ގުޅިފައިވާ ތަންތަނާއި، ކައުންސިލް އިދާރާގެ ގޯތި ހިމެނޭ ސަރަހައްދާއި ގޯތި ވަށައިގެންވާ މަގުތައް ކުނިކަހައި ބެލެހެއްޓުން.

2. މެގަފޯނުން ރަށުތެރެއަށް އިޢުލާންކުރަންޖެހޭ ކަންކަން އިޢުލާނުކުރުން.

3. އިދާރާއިން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ރައްދުކުރުމާއި، ހާޒިރުކުރަންޖެހޭ މީހުންނަށް އެންގުން.

4. ރަށުގައި އާންމުކުރަންޖެހޭ އިޢުލާނާއި ދެންނެވުންތައް އާންމުކުރުން.

5. ގޯތިތަކުގެ އިންވަކިކުރުމާ ގުޅޭ މަސައްކަތްތަކުގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން އެހީތެރިވުން.

6. ދަނޑުބިންތަކުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމަށް އިދާރާއިން އަންގާ ގޮތެއްގެ މަތިން އެހީތެރިވެދިނުން.

7. އެކި ސަބަބުތަކާހުރެ ބަންދުކުރެވޭ މީހުން ގޭގެއަށް ގެންދިއުމާއި އޮފީހަށް ހާޒިރުކުރުން.

8. އިދާރާއިން އަންގާ ގޮތެއްގެ މަތިން ގޯތިތެރޭގައި ބަގީޗާ ހެއްދުން.

9. މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާގެ މަސްޢޫލިއްޔަތާއި ކައުންސިލް އިދާރާގެ މަސައްކަތާ ގުޅިގެން ކައުންސިލް އިދާރާއިން އަންގާ އެންމެހައި މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިންވަރު.

2. ތަޖުރިބާއާއި، މަޢުލޫމާތާއި، ހުނަރު ހުރި މިންވަރު.

އިންޓަވިއުއާއި، އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނީ، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016  މާރިޗު  21  ވަނަ  ދުވަހުގެ  14:00  ގެ  ކުރިން،  މާލެއަތޮޅު  ކާށިދޫ  ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6645377 އެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެއްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6645377 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6645377 އެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ