މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ފޮޅައި ސާފުކުރުމަށް ބޭނުންކުރާ ތަކެތި ގަތުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސަރވިސްއަށް ފޮޅައި ސާފުކުރުމަށް ބޭނުންކުރާ ތަކެތި ގަތުމަށް ބޭނުންވެއެވެ. ވީމާ، ތިރީގައި މިދަންނަވާ ތަކެތި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްކަތުން 24 މާރިޗު 2016 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 ގައި ހުޅުލޭގައި ހުންނަ މިސަރވިސްގެ އޮފީހަށް ވަޑައިގެންް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

#

ބާވަތް

އަދަދު

#

ބާވަތް

އަދަދު

1

ހޭންޑް ސޯޕް (ލިކުއިޑް)

12 ފުޅި

08

މޮޕް

20

2

ފްލޯ ކްލީނަރ (ލިކުއިޑް)

45 ފުޅި

09

ބްލީޗް (ލައްފިލުވާ)

48 ފުޅި

3

ޓޮއިލެޓް ކްލީނިންގް ލިކުއިޑް (ހާރޕިކް / ކްލީން ކްލީން / ސާފް / ވިމް ފަދަ ބްރޭންޑެއް)

45 ފުޅި

10

އެއަރފްރެޝްނަރ (ސްޕްރޭ) (ސްޓެއްލާ / ކޮންކޯޑް / އައިކެއަރ ފަދަ ބްރޭންޑެއް)

40 ފުޅި

4

ޑިސް ވޮޝަރ (ލިކްއިޑް)

24 ފުޅި

11

ޑަސްބިން (ކުދި)

10

5

ދޮންނަކުނޑި (1 ކިލޯގެ)

30 ޕެކެޓް

12

މޮޕްލާ ބާލިދީ

10

6

ކުނި ކަހާ ފިހިގަނޑު (ދަޑިޔާއެކު)

16

13

ޑަސްބިން ކޮތަޅު (ކަޅު-މެދު ސައިޒް)

30 ބޮންޑި

7

ފޭޝަލް ޓިސޫ

36 ފޮށި

14

ޕްލާސްޓިކް އަންގި (ދިގު)

12

ކޯޓޭޝަންގައި ހިމަނަންޖެހޭ މަޢުލޫމާތު:

 

އަގު:   

  • ކޯޓޭޝަންގައި ކޮންމެ އައިޓަމެއްގެ އަގާއި އަދި ޖުމުލަ އަގު ހިމަނަންވާނެއެވެ. އަދި ޖުމުލަ އަގު ގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
  •  ހުޅުލޭގައި ހުންނަ މިސަރވިސްއަށް ތަކެތި ގެނެސްދިނުމުގެ އަގު އެނގެން އޮންނަންވާނެއެވެ.
  • ކޯޓޭޝަންގައި ހުށަހަޅާ ތަކެތީގެ ކޮލިޓި ނުވަތަ ބްރޭންޑް އެނގެން އޮންނަންވާނެއެވެ.
  • އިޢުލާންގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅަން ވާނެއެވެ.

 

ތަކެތި ހަވާލު ކޮށްދެވޭނެ މުއްދަތު:

  • ކޯޓޭޝަންގައި ތަކެތި ހަވާލުކުރެވޭނެ މުއްދަތު އެނގެން އޮންނަންވާނެއެވެ.

 

ކޯޓޭޝަންގެ މުއްދަތު:

  • ކޯޓޭޝަން ހުށަހަޅާ ތާރީޚުން ފެށިގެން ކޯޓޭޝަން ވެލިޑީޓީގެ ގޮތުގައި މަދުވެގެން 60 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

ހުށަހަޅާ ފަރާތުގެ މަޢުލޫމާތު:

  • އަގު ހުށަހަޅަނީ ކުންފުންޏަކުން، ނުވަތަ ލޯކަލް އިންވެސްޓްމަންޓަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި އަދި ޕްރޮފައިލް ހުށަހަޅުއްވަންވާނެއެވެ. އަދި ވޭތުވެދިޔަ ތަނުގައި ކޮށްފައިވާ މިބާވަތުގެ ކަންކަން އެނގޭނޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ޖީ.އެސް.ޓީ ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  • ލިސްޓުގައިވާ ތަކެތި ވިއްކެވުމަށް އަގު ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ އައިޑީ ކާޑުގެ ކޮޕީއާއެކު ވޭތުވެދިޔަ ތަނުގައި ކޮށްފައިވާ މިބާވަތުގެ ކަންކަން އެނގޭނޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. މީގެ އިތުރުން މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާނަމަ ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

ކޯޓޭޝަން ހުށަހަޅަންޖެހޭ ތަން އަދި ތާރީޚާއި ސުންގަޑި:

  • ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ކޯޓޭޝަން ހުށަހެޅުން.
  • 24 މާރިޗު 2016 ވަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް.

 

އަންދާސީހިސާބު ހުށަހެޅުމާބެހޭ:

  • ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ:

7576344

އަންދާސީހިސާބުތަކަށް ޕޮއިންޓްދެވޭނީ ތިރީގައި މިވާ އުސޫލާ އެއްގޮތަށެވެ.

 

(ހ) ހުށަހަޅާފައިވާ އަގު:

  • 70 ފޮއިންޓް ( އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެއެވެ.)

 

(ށ)ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު:

  • 0 - 10 ދުވަހަށް 20 ފޮއިންޓް.
  • 11 - 20 ދުވަހަށް 10 ފޮއިންޓް.
  • 21 - 30 ދުވަހަށް 05 ފޮއިންޓް.

 

(ނ) ތަޖުރިބާ:

  • 20 ފޮއިންޓް.

 

ހުށަހެޅޭ އަންދާސީހިސާބު ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:  

 

  • ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
  • އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުންް.
  • އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

1 ޖުމާދަލްއާޚިރާ 1437

 

07 މާރިޗު 2016
ހޯދާ