ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓް

އިޢުލާން

ޕަބްލިކް ސަރވިސް މީޑީއާ (ޕީ.އެސް.އެމް) އަށް، ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓަކު ހޯދުން:

މި ކުންފުނީގެ ޗެނަލްތަކުން އުފައްދާ ދީނީ ކޮންޓެންޓާއި، ބްރޯޑްކާސްޓްކުރާ ދީނީ ކޮންޓެންޓާއި، ބްރޯޑްކާސްޓްކުރާ ޚަބަރާއި އެހެނިހެން ޕްރޮގްރާމްތައް، ދީނުގެ އިމުން ބޭރުނުވާގޮތަށް ފެތުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދުދީ، ފަންނީގޮތުން އެހީތެރިވެދިނުމަށް ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓަކު ބޭނުންވެއެވެ.

ޓައިޓަލް:

ދީނީ ކޮންޓެންޓާބެހޭ ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކުރަންޖެހޭ ތަން:

ރޭޑިއޯ ބިލްޑިންގާއި ޓީވީ ބިލްޑިންގ

ފެންވަރު ނުވަތަ ޝަރުޠު:

ދީނީ ޢިލްމުގެ ރޮނގުން (އިސްލާމް ދީން ބަޔާންކޮށްދިނުމާ ގުޅުންހުރި ދާއިރާއަކުން) ޕީއެޗްޑީ ހާސިލުކޮށްފައިވުން.

 

 

 

 

މައިގަނޑު މަސްއޫލިއްޔަތު:

1. ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމްތައް ޕްލޭންކުރުމުގެ ބައްދަލުވުންތަކުގެ ތެރެއިން ދަޢުވަތުދެވޭ  ބައްދަލުވުންތަކުގައި ބައިވެރިވެ، ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.

2. ޕީ. އެސް. އެމް. ގެ ޗެނަލްތަކުން ތައްޔާރުކުރާ ދީނީ ޕްރޮގްރާމްތައް ބައްޓަންކޮށް، އޭގެ ކޮންޓެންޓް ޕްލޭންކުރުމާއި، ޕްރޮގްރާމް ތައްޔާރުކުރުމާއި ހުށަހެޅުމަށް ބޭނުންވާ ފަންނީ ލަފާދިނުމާއި، އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓަކީ ދީނީ މަޢުލޫމާތުގެގޮތުން އެންމެ ރަނގަޅުގޮތުގައި ފެތުރޭ ކޮންޓެންޓްކަން ކަށަވަރުކުރުން.

3. ޕީ. އެސް. އެމް. ގެ ޗެނަލްތަކުން ތައްޔާރުކުރާ ދީނީ ޕްރޮގްރާމްތައް ފިޔަވައި ޚަބަރާއި އެހެން ޕްރޮގްރާމްތަކުގައިވެސް ދީނީގޮތުން ފެތުރުން އެކަށީގެންނުވާ ކޮންޓެންޓެއް ހިމެނޭތޯ ބަލައި، އެފަދަ ކަންކަން ރަނގަޅުކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، ދީނީގޮތުން ފެތުރުން އެކަށީގެންނުވާ ކޮންޓެންޓް ހިމެނުނަ ނުދިނުމަށް  މަސައްކަތްކުރުން.

4. ޕީ. އެސް. އެމް. ގެ ޗެނަލްތަކުން ގެނެސްދޭ ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ދީނީ މަޢުލޫމާތު ދިނުން. 

5. ޕީ. އެސް. އެމް. ގެޗެނަލްތަކުން ގެނެސްދޭ ދީނީ ޕްރޮގްރާމްތަކުގައި ހިމަނާނެ ދީނީ ޢިލްމުވެރިން ކަނޑައެޅުމުގައި ޗެނަލްތަކަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން.

6. ދީނީ ބައެއް ޕްރޮގްރާމްތަކަށް ބޭނުންވާ ދިރާސާތައްކޮށްދިނުމާއި، ކަމާގުޅޭ ޚާއްޞަ ބައެއް ރިޕޯޓްތައް ލިޔެދީ، ސްކްރިޕްޓްތައް ލިޔުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

7. ދީނީ ބައެއް ޕްރޮގްރާމްތަކަށް ބޭނުންވާ ސުވާލާއި ޖަވާބު ތައްޔާރުކުރުން.

މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތެއް ހޮވުމުގައި، އެ ފަރާތެއްގެ ތަޢުލީމީ ފާހާއި، ދީން ފެތުރުމުގެ ދާއިރާގައި ކޮށްފައިވާ މަސައްކަތާއި، މިކަމާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ތަޖުރިބާއަށް އިސްކަންދެވޭނެއެވެ.

އުޖޫރަ

މަހަކު -/7000 ރުފިޔާ (ހަތްހާސް ރުފިޔާ)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ކަމާގުޅޭ ތަޖުރިބާއާއި ހުނަރު ހުރި މިންވަރު ބަޔާންކޮށްދެވޭނެ ލިޔުން ހުރިނަމަ، އެފަދަ ލިޔުންތަކުގެ އަޞްލު ނުވަތަ އަޞްލާ އެއްގޮތް ކޮޕީ.

- ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

ނޯޓް: ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީ ބަލައެއް ނުގަނޭވޭނެއެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 20 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދި ހުށަހެޅަންޖެހޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3000210 ނަންބަރު ފޯނަށެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016
ހޯދާ