މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ބ. އެފްސީއެސްސީ ވަށައިފާރު ރާނައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގަމުންދާ ބ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގެ ވަށައިފާރު ރާނައި މި ސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.         

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 9:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ނުވަތަ ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 މާރިޗު 2016 ވާ ބުދަ ދުވަހުގެ 9:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ނުވަތަ ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

1 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016
ހޯދާ