އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކަލްޗަރަލް ޗޭންޖް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުގައި އޮގަނައިޒޭޝަން ކަލްޗަރަލް ޗޭންޖް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ކޮންފަރެންސް ހޯލް

13:30

17 މާރިޗު 2016 (ބުރާސްފަތި)

 މަޢުލޫމާތު ސާފުކުރެއްވުމަށް

ކޮންފަރެންސް ހޯލް 

09:30 

20 މާރިޗު 2016 (އާދީއްތަ)

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

01 ޖުމާދަލްއާޚިރާ 1437

10 މާރިޗު 2016
ހޯދާ